މ. ކޮޅުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާ ހިދުމަތް ދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފައި ވަނީ އެންވާރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެގޮތުން މި މަޝްރުއުގެ އެއްބަސްވުމުގައި އެންވާރަމަންޓްމިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނސިްތަރު މުހައްމަދު ފާއިޒެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ތައުފީގެވެ.
މި މަޝްރުއުގެ ޖުމްލަ އަގަގކީ 11،435،789.59 ރުފިޔާއެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއި ކުރާ ތާރީހުން ފެށިގެން 20 ހަފްތާ ތެރޭގައި ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ.
