މިހާރު މިދާ ތަރައްގީގެ މަގުން ދާނީތޯ ނުވަތަ މި ގައުމު ބިރުވެރިކަމަކަށް ސޮއްސާލާނީތޯ މިއީ ރިޔާސީ އިންތިހާބަށް ގާތްވާ އިރު، ވޯޓު ދިނުމުގެ ކުރިން ވިސްނާލަން ޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް ރައީސް ސޯލިހް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މިރޭ ށ. ފޯކައިދޫގައި ބޭއްވި އެމަނިކުފާނުގެ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާގައި ވަހަކަފުޅު ދައްކަވަމުން ރައީސް ވަނީ މީގެ ކުރިން ވެރިކަން ކުރި ސަރުކާރުގެ މަސައްކަތްތަކާއި އެމަނިކުފާނުގެ ސަރުކާރުން ހިންގި ކަންތައްތައް އަޅާ ކިޔުއްވާފައެވެ.
ރައީސް ސޯލިހް ވިދާޅުވީ، މީގެ 5 އަހަރު ކުރިން ފޯކައިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވި ކަމަށާއި އެ ދުވަހަކީ މުޅިން އެހެން ދުވަހެއް ކަމަށާއި އޭރު މުޅި ގައުމު އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އޭރު މާލޭގެ މަގުތަކުގައި މީހުން މަރަން ޖެހިލުން ނުވާ ކަމަށާއި، ވިޔަފާރުވެރިން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށާއި، ސަރުކާރަށް ތާއީދު ނުކުރާ ސިޔާސީ ކޮންމެ މީހަކު ތިބީ ޖަލުގައި ނޫނީ ރާއްޖެއިން ބޭރުގައި ކަމަށެވެ. ރައްޔިތުން އޭރު ބޭނުންވީ އެ ހާލަތު ބަދަލު ކުރަން ކަމަށާއި ހާސްކަމުން ނިކުމެ އުފާވެރިކަން ހޯދައި ރާއްޖެއަކީ އަމާންތަނަކަށް ހަދަން ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ދުވަހު އާންމުން ދިން ތާއިދާ އެކު ރައްޔިތުންނަށް ގިނަ ކަންކަން ކޮށްދެވުނު ކަމުގެ އުފާ ލިބިވަޑައިގެންފި ކަން ރައީސް ފާހަގަ ކުރެއްވިއެވެ. ނޫސްވެރިންގެ ގަލަންތައް މިނިވަން ކަމާ އެކު ބޭނުން ކުރަން ފަށައިފި ކަމަށާއި، ޒަމާންތަކެއް ވަންދެން ރައްޔިތުންނަށް ނުލިބި ހުރި އެތައް ހިދުމަތްތަކެއް ހޯދައިދެވިއްޖެ ކަމުގެ އުފާ މިއަދު އިހްސާސް ކުރެއްވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރުވެސް ރިޔާސީ ކެމްޕެއިންގައި ފޯކައިދޫ ރައްޔިތުންނާ ބައްދަލު ކުރާ އިރު އަދިވެސް ބޭނުމަކީ އެއް ބޭނުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އަމާންކަން ގެނެސްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް އިންތިހާބުގައި ގޮތެއް ނިންމާ އިރު ވަށައިގެން ހިނގި ކަންތައްތަކަށް އަދި މިހާރު ހިނގަމުންދާ ކަންތައްތަތަކަށް ފުން ކޮސް ވިސްނާލުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
އެގޮތުން 2008 އިން 2013 އާ ދެމެދު ކަން ހިނގި ގޮތަށް ބަލާ އިރު، އެމްޑީޕީ ވެރިކަމަށް އައިސް އެންމެ 21 ދުވަހުގެ ތެރޭގައި ކޯލިޝަން ރޫޅި އުމުރު ހަމަނުވަނީސް ވެރިކަން ނިމިގެން ދިޔަ ގޮތަށް ބަލާލުމަށް އެމނަިކުފާނު އެދިވަޑައިގަތެވެ. އެއަށް ފަހު 2013 އިން 2018 އަށް ރައްޔިތުން ހޮވި ސަރުކާރުން ކަން ކުރި ގޮތާއި އެ ފަހަރުވެސް ކޯލިޝަނެއްގައި އުފަންވި ސަރުކާރު ރޫޅިގެން ދިޔަ ގޮތުގެ ވާހަކައަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެ ދުވަހު ސިޔާސީ ލީޑަރުންނާއި ނޫސްވެރިން އުޅެން ޖެހުނު ގޮތާއި ފަނޑިޔާރު ގެއަށް ވީ ގޮތާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އުޅެން ޖެހުނު ހާލުގެ ވާހަކަ ރައީސް ތަކުރާރު ކުރެއްވިއެވެ. އެ ދުވަހު އެމަނިކުފާނާއި އަބްދުﷲ ޝާހިދާއި މުހައްމަދު އަސްލަމާއި ޖަލަށް ދާން ޖެހުނު ދުވަސް ހަނދާން އާ ކުރައްވަމުން އެއީ ވިސްނާ ފިކުރު ކުރަންޖެހޭ ދުވަސްތައް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގެން ކުރިއަށް ދިޔަ ފަސް އަހަރަކީ ވެސް ކޯލިޝަން ސަރުކާރެއް ކަމަށާއި މިހާ ހިސާބަށް އައި އިރު، ރައްޔިތުން ހޮވި ކޯލިޝަން މިއަދާ ހަމައަށް ވެސް ދެމި އޮތް ކަން ރައީސް ފާހަގަ ކުރެއްވިއެވެ. ސިޔާސީ ލީޑަރުން މިނިވަންކަމާ އެކު އުޅެވޭ ކަމަށާއި ރައްޔިތުންގެ މަޖިލިސް ހިންގަމުން ދަނީ މަޖިލީހުގެ ރައީސް ބޭނުންފުޅު ގޮތަކަށް ކަން ރައީސް ފަހާގަ ކުރެއްވިއެވެ. މަޖިލިސް ހުއްޓުވަން ސިފައިން ވެސް މަޖިލިސް ގެއަށް ވަދެ ހުއްޓުވާފައި ނުވާ ކަމަށާއި ނޫސްވެރިންގެ ގަލަމުގައި ދޯރި ޖަހާކަށް ނުޖެހޭ ކަމަށާއި އަދި އެއްވެސް ތަފާތު ކުރުމެއް ނެތި ރަށްރަށުގައި ހިންގާ މަޝްރޫތައް ވެސް ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ވެވަޑައިގެން ވައުދުފުޅުތަކުގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ މަސައްކަތް ނިމި ދަނީ ހިނގަމުން އަދި ނިމެމުން ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ ކަމެއް ކުރަމުން އައީ ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމާ ވެސް ކުރިމަތިލައިގެން ކަން ރައީސް ވިދާޅުވިއެވެ.
މި ވެރިކަން ފެށުނު އިރު، ރިޒާވްގައި މާ ބޮޑު އެއްޗެއް ނެތް ކަމަށާއި ކުރީ ސަރުކާރުން ރަށްތަކާއި ފަޅުތައް ވިއްކައިގެން ހޯދި ފައިސާ ދައުލަތަށް ނުވަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމަށް އައިސް ރާއްޖެއިން ބޭރުން އެކި ގޮތްގޮތުން ހޯދި އެހީއާ އެކު އެ ދަތިތަކުން މި ވަނީ އަރައިގެންފައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވެވަޑައިގެން ވައުދުފުޅުތައް ފުއްދުމުގެ މިސާލެއް ޖައްސަވަމުން އެމަނިކުފާނު ވިދާޅުވީ، މި އިންދުނީ އަދި އޮށެއް ކަމަށާއި އެ އޮށުން ގަސް ފަޅައި ހިޔާ ލިބި އަދި މޭވާ ލިބެން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އެގޮތުން މަތީ ތައުލީމް ހާސިލް ކުރަމުންދާ އެތައް ދަރިވަރުންތަކެއް އެނބުރި އައިސް ރަށްރަށަށް ހިދުމަތް ކުރަން ފަށާނެ ކަމަށާއި އެ ދަރިވަރުން މަސައްކަތުގެ މާހައުލަށް ނިކުތުމުން އެ ބަދަލު ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަނެއްކާވެސް އެމްޑީޕީ ނިކުމެ މި ތިބީ ކޯލިޝަނަކާ އެކީގައި އަދާލަތު ޕާޓީ އާއި އެމްޑީއޭއާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. މި ކޯލިޝަނުން ދެރަގޮތެއް ނުހަދާނެ ކަމަށާއި އަދި މިއީ މި ރާއްޖޭގައި އުފެދޭ މެންބާޝިޕް އެންމެ ބޮޑު ކޯލިޝަން ކަމަށް ރައީސް ވިދާޅުވިއެވެ.
މިހަަރު މި އޮތީ ތަރައަގީގެ ރޮނގުނ ކުރީގާތޯ ނޫނީ ގައުމު ސާސްކަފަކާ ހަމައަށް ސޮއްސާލާފަތޯ ރައީސް އިބުރާހިމޫ؟ މިނެކިރާނީ ތިމާއެއްނޫން މިނެ ކިރާނީ ރައިއްޔަތުން، އަމިއްލަެަށް އަމިއްލަ ކަންތަކަށް މޮޅުބަސް ބުނާ މީހުނަށް ކިއާނީ އަކަޔަންބޯ ހެދިގެން އުޅުން، މާބޮޑުކަމެއް ކުރެވިގެންތޯ ތި މޮޔަފުޅުވަނީ، ކަންތައްތައް ކުރެވުމަކީ ކަންތައްތައް ތަރުތީބުވެގެން ދިއުން، އެއްރަށަށް އަރާ ފަސްފުންޏެއް އަނެއް ރަށަކަށް އަރާ ގާފުންޏެއް، އަނެއްރަށަރަކަށް އަރާ ސިމެންތި ފުންޏެއް، އަނެއްރަށަކަށް އަރާ ބިންގަލެއް އަނެއް ރަށަކަށްއަރާ ހިލަފުންޏެއް ޖެހުމެެްނޫން އިނގޭތޯ، ތިަށް ކިއަނީ ފަހުން ފުރާ ބޮޑުރިޔާނެގުން، އެކަމަކު ދެންދާނީ ބޮޑުރިޔަލަށް ވައިފަށްނުވެ އޮޑިގަނޑު އަޑިޔަށް، ތިގޮތަށް އަދި ތުންމަތީރިޔާވެސް ނެގިދާނެ، mihaaru ތިއޮތީ ތިއޮޑިގަނޑު ދިޔަ ހިލުވާލާފަ، ދެންހަމަ ދެފެންދޭތެރޭގާ ތަޅުވަ ތަޅުވާ އޮންނާނީ ބޮޑުވަރެއް ވިއްޔާ ދެން ބޮތްކެއްނުޖަހާހާ ދާނީ އަޑިއަށް، ދެން މި ދައްކަވަނީ މާބޮޑު ކޯލިސަނެއްގގާ ދެމި ހުރެވި ކޯލިސަންހަދާނެ މާގިނަ ބަޔަކު މުށުތެރޭގާ އޮތް ވާހަކައެއް، ތި ކިއުއްވާ hurihaa ޕާޓީތަކެއް އޮޔާ ވަޔާ ބުރާލައިފި، ގޮތްހުސްވެފާވާ އޭޕީ އަދި ސަން ޝިޔާމު އަރިކަށިގާ ތަތްކޮށްލުމަކީ މާބޮޑު ކޯލިސަނެއްނޫން، އެ ދެޕާޓީއަކީ ދަމާކަނޑާ ޕާޓީތަކެއް، މޮޔަފުޅު ނުވޭ.!!!!
މިވަރު ބީތާ މީހަކަށް ވެރިކަން ދީފިނަމަ މިގައުމު ހޯދާނުފެންނާނެ