ޓްވިޓާއާ ދާދި އެއްގޮތް ސިފަތަކެއް ހިމަނާއި ބިލިއަނަރު އަދި ފޭސްކްބްގެ ބާނީ މާކް ޒަކަބާގްގެ މެޓާ ކުންފުނިން އުފެއްދި ތްރެޑްސް ލޯންޗް ކުރުމާއެކު މިހާތަނަށް 30 މިލިއަނަށް ވުރެ ގިނަ މީހުން އެޕަށް ވަނީ ޖޮއިން ކޮށްފައެވެ.

މެޓާގެ އިންސްޓަގްރާމުގެ ދަށުން ހިންގާ ތްރެޑްސްގައި ވެސް ޓްވިޓާގައި ހުންނަ ގިނަ ފީޗާތައް ހިމަނާފައި ވާ އިރު، ވީޑިއޯ، ފޮޓޯ، މެސެޖް، ރީ ތްރެޑް، ޝެއާ ފަދަ ސިފަތަށް ހިމަނާފައި ވެއެވެ. އަދި ޕޯސްޓްތަކުގެ ޑިޒައިން ޑިސްޕްލޭވެސް ޓްވިޓާއާ ދާދި އެއްގޮތެވެ. މިވަގުތު އޮޓޯ ހޭޝްޓެގާއި ޖިސް ސްޕޯޓް ނުކުރާއިރު، ވީޑިއޯ ފޮޓޯގެ ޑައިމެންޝަންސް ވެސް ވަނީ އަދި ހިފެހެއްޓުމެއް ނެތި ދޫކޮށްލާފައެވެ.

ގިނަ އަދަދެއްގެ ބަޔަކު ތްރެޑްސް އަށް ވަންނަމުން ދާއިރު، ޓްވިޓާގެ މިހާރުގެ ވެރިޔާ އިލޮން މަސްކް އަދި ބިލިއަނަރު ވަނީ ތްރެޑްސް އާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ވިސްނާކަމަށް ބުނެފައެވެ.

"ވާދަ ކުރުން މައްސަލައެއް ނޫން، އެކަމަކު މަކަރު ހެދުން ގޯސް"
އިލޮން މަސްކް

ޓްވިޓާއިން ތުހުމަތު ކުރަނީ ތްރެޑްސް ހެދުމުގައި ޓްވިޓާއިން ކަނޑާލި މުވައްޒަފުންގެ އެހީ މެޓާއިން ހޯދާފައި ވާ ކަމަށެވެ.

މި މައްސަލައިގައި ޓްވިޓާއިން ވަނީ މިހާރު މެޓާއަށް ސިޓީއެއްވެސް ފޮނުވާފައެވެ. އެސިޓީގައި ތްރެޑްސް ހެދުމަށްޓަކައި ޓްވިޓާގެ ވިޔަފާރީގެ ސިއްރުތައް ޒަކަބާގް ބޭނުން ކޮށްފައި ވާ ކަަމަށެވެ. އަދި ޓްވިޓާއިން ކަނޑާލި ގިނަ އަދަދެއްގެ މުވައްޒަފުންގެ ބޭނުން މެޓާއިން ހިފާފައި ވާ ކަމަށާއި ޓްވިޓާގެ ވިޔަފާރީގެ ސިއްރުތައް ބޭނުން ކުރުން ވަގުތުން ހުއްޓާލުމަށެވެ. އެމަގަށް ކަންކަން ނުކުރާނަމަ ތްރެޑްސް އާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެސިޓީގައި ބުނެފައި ވެއެވެ.

މި ކަމާ ގުޅިގެން ތްރެޑްސްގެ ތަރުޖަމާން ބުނެފައި ވަނީ ތްރެޑްސް އުފެއްދުމުގެ ނުވަތަ އިންޖިނިއަރިން ޓީމުގައި ޓްވިޓާގެ ކުރީގެ އެއްވެސް މުވައްޒަފަކު ނުހިމެނޭ ކަމަށެވެ.

މިހާތަނަށް އަދި 100 ގައުމަކަށް މި އެޕް ދޫކޮށްފައި ވާ އިރު، 1 ދުވަސްތެރޭގައި 30 މިލިއަން ޔޫޒާސް ވަނީ ރަޖިސްޓާވެފައެވެ.