ރާއްޖޭގެ 80 އިންސައްތަ ހިއްސާކުރާ 5ޖީ ނެޓްވޯކް މެދުވެރިކޮށް ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށް ދިނުމުގައި އުރީދޫ މޯލްޑިވްސްއިންދަނީ އިސް ދައުރެއް އަދާކުރަމުންނެވެ. އާބަޑީގެ 80 ޕަސެންޓް ކަވަރުކޮށްފައިވާ އުރީދޫ 5ޖީ ނެޓުވޯކަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ފުޅާ 5ޖީ ނެޓުވޯކެވެ.
އުރީދޫން ބުނީ، މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. 5ޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އަލްޓްރާ ފާސްޓް ސްޕީޑް، ލޯ ލޭޓެންސީ އަދި ޒަމާނީ ޑިޖިޓަލް ލައިފްސްޓައިލް ސަޕޯޓްކުރާ ޕާފޯމަންސް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. ހައި-ޑެފިނިޝަން ސްޓްރީމިން އަދި އޮންލައިން ގޭމިން އިން ފެށިގެން ރިމޯޓް ވޯކް، ލާނިންގް، ކޮންޓެންޓް ކްރިއޭޝަން އަދި ސްމާޓް ހޯމް ސޮލިއުޝަންސް ފަދަ ހިދުމަތްތައް އުރީދޫ 5ޖީ ނެޓްވޯކް މެދުވެރިކޮށް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުިން ބުނެއެވެ.
އުރީދޫގެ 5ޖީ ނެޓްވޯކް ފުޅާކުރުމުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑޭޓާ ބޭނުންކޮށްގެން ފޯރުކޮށްދޭ ހިދުމަތްތަކަށް އޮތް ޑިމާންޑަށް ބަލައި، ގޭބިސީތަކާއި ވިޔަފާރިވެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އުރީދޫން ބުނެއެވެ. އިތުބާރު ހިފޭ ހައި ސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންނަށް އާ ފުރުސަތުތައް ހޯދައިދީ، އުފެއްދުންތެރިކަން އިތުރުކޮށް، މުއްސަނދި ޑިޖިޓަލް ތަޖުރިބާ އެއްވެސް ހުރަހެއް ނެތި ލިބިގެންދާނެ މިއީ ޒަމާނީ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ހިދުމަތްތަކަށް ބެނުންވާ ޓެކްނޮލޮޖީ ފަހިކޮށްދެވޭނެ ނެޓްވޯކެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
މިއީ އުރީދޫ ނެކްސްޓް ޖެނެރޭޝަން އިންފްރާސްޓްރަކްޗާ އަށް ކުރަމުންދާ އިންވެސްޓްމަންޓާއި މުސްތަގުބަލަށް ތައްޔާރު ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްގެ ތަސައްވުރު ރަމްޒުކޮށްދޭ ލަނޑުދަނޑިއެއް ކަމަށް ވެސް އުރީދޫން ބުނެއެވެ. އުރީދޫގެ މި ނެޓްވޯކް އިތުރަށް ފުޅާވަމުން ދާއިރު، އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އީޖާދީ އުފެއްދުންތައް ކަސްޓަމަރުންނާ ގާތްކޮށްދީ، އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަ ގުޅުންތަކެއް ފަހިކޮށްދިނުމަށް ކަމަށް ވެސް ބުނެއެވެ.
