ސިންގަޕޫރުގައި އުމުރުން 55 އަހަރުގެ މީހަކު މީރު ކެއުމެއް ކައިގެން ނޭވާ ނުލެވި، ހޮޑުލެވޭ ގޮތް ވާ ވަރުން ހޮސްޕިޓަލަށް ދިޔައެވެ.

އަނގަ ހުޅުވާ ބަލާއިރު އެއްޗެއް ފެންނަން ނެތް ނަމަވެސް އެއްޗެއް ތާށިވެފައި އޮތްހެން ހީވެ، ދިރުވަން މަސައްކަތް ކުރިއެވެ. އެކަމަކު ނުދިރެއެވެ. މައްޗަކަށް ވެސް ނުމެ އަރައެވެ.

އެވޭނެއްގައި ހޮސްޕިޓަލަށް ގޮސް ސީޓީ ސްކޭނެއް ހެދުމުން އެނގުނީ، ކެއި ކުޑަ ބޯވައެއް ކާތަކެތި ދާ ހޮޅީގައި ތާށިވެފައި އޮތް ކަމެވެ.

ޑޮކްޓަރުން ފުރަތަމަ ބެލީ، އޭރި އެމީހާގެ މައިދާ [ބަނޑު] ގެ ތެރެއަށް ފޮނުވާލެވޭތޯއެވެ. ނަމަވެސް މައިދާ އަށް ނުދިއުމުން ބޮޑު އޮޕަރޭޝަނެއް ފަށާ އޭތި ނެގުމުގެ މަސައްކަތް ފެށިއެވެ. ފައިތައް ހުރި ގޮތަށް މައްޗަށް ބޯކޮޅު ވަތަށް އޮތް ބޯވަ ދަމާ ނެގިއެވެ.

ފިރިހެން މީހާގެ ފުރާނައަށް ގެއްލުމެއް ނުވެ ކާމިޔާބު އޮޕަރޭނަށް ފަހު ސާފުވީ ބޯވަ އޮތީ އޮތް ގޮތަށް ނުދިރި ކަމެވެ.

މިހާރު އެމީހާގެ ހާލު ރަނގަޅެވެ.

ކެއުމުގެ ތެރޭގައި ރަނގަޅަށް ނުހަފައި ކެއުމުންނާއި އަވަސް އަވަހަށް ކެއުމުގެ ސަބަބުން ބައެއް ފަހަރު ކާހޮޅީގައި އެއްޗެހި ތާށިވެ ފުރާނައަށް ނުރައްކާ ވާ ހިސާބަށް ދާ ބައެއް ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ.

މިއީ އޮތްގޮތަށް އޮތް ބޯވައެއް ތާށިވި މިފަދަ ދެވަނަ ހާދިސާއެއް ކަމަށް ވާއިރު 2016 ވަނަ އަހަރު އުމުރުން 2 އަހަރުގެ ކުއްޖަކަށް ވެސް ބޭބީ ބޯވައެއް ދިރުވާލެވި މިފަދަ ހާދިސާއެއް ހިނގާއި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.