ޖަރުމަނަށް ހިޖުރަކޮށްގެން އުޅޭ އެރިޓްރިއާ މީހަކު، ދެ ކުއްޖެއްގެ ގަޔަށް ވަޅި ހެރި މައްސަލައެއްގައި އުމުރަށް ޖަލަށް ލައިފިއެވެ.

އުމުރުން 27 އަހަރުގެ އޮކްބާ ބީ ނަމަކަށް ކިޔާ މީހާ ވަޅި ހަރާފައި ވަނީ އުމުރުން 14 އަހަރާއި 13 އަހަރުގެ ދެ އަންހެން ކުދިންގެ ގަޔަށެވެ. އެތަނުން އެއް ކުއްޖެއްގެ 23 ފަހަރު ވަޅި ހަރާފައި ވާ ކަމަށާއި އެ ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އެ ކުއްޖާ ވަނީ މަރުވެފައެވެ. ދެވަނަ ކުއްޖާ އަދި މަރު ނުވި ނަމަވެސް ހާލު ސީރިއަށް ކަމަށް އިދާރާތަކުން ބުނެއެވެ.

ޝަރީއަތުގެ މަޖިލީހުގައި ވަކީލުން ބުނީ، އޭނާ އެކުދިންގެ ގަޔަށް ވަޅި ހެރީ އޭނާ އިމިގްރޭޝަން އޮފީހަށް ވަޅި ހިފައިގެން ވަންތަން އެ ދެކުދިންނަށް ފެނުމާއެކު އައި ރުޅީގައި ކަމަށެވެ. އޭނާ އިމިގްރޭޝަން އޮފީހަށް ވަޅި ހިފައިގެން ވަންނަން މަސައްކަތް ކުރީ، އިތިއޯޕިއާ އަށް ނިސްބަތްވާ އަންހެނަކާ އިންނަން ޕާސްޕޯޓް ބޭނުންވެފައި ވާއިރު، އޭނާގެ ޕާސްޕޯޓް ދިނުން ލަސް ކުރުމާ ގުޅިގެންނެވެ.

ގިނަ އަދަދެގެ ހިޖުރަވެރިންނާއެކު 2015 ގައި ޖަރުނަމަށް އެތެރެ ވި އެމީހާ ޖަރުމަނު ބަހާއި ސަގާފަތް ދަސްކޮށް ހޭނި އުޅެން ފެށުމާއެކު ވަޒީފާއެއްވެސް ވަނީ ހަމަޖެހިފައެވެ.

މިހާދިސާއަށް ފަހު ޝަރީއަތުގައި އޭނާ އެދެކުދިންގެ އާއިލާގެ ކިބައިން މައާފަށް އެދުނު ނަމަވެސް ޝަރީއަތުން ނިންމީ އުމުރަށް ޖަލަށް ލުމަށެވެ.

މަރުވި ދެ ކުދިންނަކީ، ތުރުކީން ޖަރުމަނަށް ހިޖުރަކޮށް ޖަރުމަނުގެ ރައްޔިތުކަން ލިބިފައިވާ އާއިލާއަކަށް އުފަން ދެކުދިންނެވެ.