ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމްގެ ދަށުން 5000 ފަރާތަކަށް ގޯތި ދޭން ނިންމައި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމު ކޮށްފިއެވެ.

ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާ ކުރުމަށް ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، މާލެ ރައްޔިތުންގެ ތެރެއިން ގޯތި ހޯދުމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން 5000 ފަރާތަކަށް ކަމަށެވެ. އެގޮތުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ދޫކުރާ ފަރާތްތައް ހޮވާފައި މިއަދު ވަގުތީ ލިސްޓު އާޏްމު ކުރާނެ ކަމަށާއި އެ ލިސްޓުގައި ޑިސްކޮލިފައި ވީ ފަރާތްތައް ވެސް އާންމުކޮށްފައި ވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ގޯތި ހޯދުމަށް ހުށަހަޅާފައިވާ ހުރހާ ފަރާތްތަކަށް ވެސް ގޯތި ދިނުމަށް ރައިސް އިބްރާޙިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށާއި، މި ފަހަރު 5000 ފަރާތަކަށް ގޯތި ދޭން ނިންމާފައި ވާ އިރު، އަދި ކުރިއަށް އޮތް ތަނުގައި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބާކި ތިބި ފަރާތްތަކަށް ގޯތި ދޭން ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އުންމީދު މި ކުރަނީ މި ސިޔާސަތުތައް ތަންފިޒު ވެގެން ދާއިރު ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމަށް މަގުފަހިވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމަށް ހުށަހަޅާފައިވާ ޖުމްލަ 15،164 ފޯމެއް ހުށަހަޅާފައިވާ އިރު، އެ ފޯމް ހުށަހަޅާފައި ވަނީ 23،088 މީހުންނެވެ. އޭގެތެރެއިން ޝަރުތު ހަމަވަނީ 12،794 ފީމް ކަމަށާއި ޝަތުރު ހަމަނުވާ 2،370 ފޯމް ކަމަށް ގެދޮރުވެރިންގެ ކޮމިޓީން ބުނެއެވެ.

މި ފަހަރު ބިންވެރިޔާ ސްކީމްގެ ދަށުން 5000 ފަރާތަކަށް ގޯތި ދޭން ނިންމާފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ 10،314 މީހުންނެވެ. އެއީ މި ސްކީމަށް ފޯމް ހުށަހެޅި މިީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ 52 ޕަސެންޓް މީހުންނަށް މި ފަހަރު ގޯތި ދޭން ވަނީ ނިންމާފައެވެ. ގޯތި ދޭން ނިންމި ލިސްޓުގައި ނުހިމެނޭ ނަމަވެސް ޗަރުތު ހަމަވާ 9544 މީހުން ހިމެނޭ އިރު، އެ މީހުންނަށް ދެން ގޯތި ދޭ ބުރުގައި ފުރުސަތު ލިބޭނެ ކަމަށް ގެދޮރުވެރިންގެ ކޮމިޓީން ބުނެއެވެ.

މި ފަހަރު ގޯތި ނުލިބޭ މީހުންގެ ތެރޭގައި ވެސް ވަކިން ފޯމް ހުށަހަޅާފައިވާ ފަރާތްތައް ގިނަ ކަން ފާހަގަ ކުރަމުން އެ ކޮމިޓީން ބުނީ، އެމީހުންނަށް ޖޮއިންޓް ވެގެން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.