ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ނެތްއިރު ސިޔާސީގޮތުން ތަސައްރުފު ފުދިފައި އޮތް ޕާޓީއެއް ރައީސް ސޯލިހް އަރިހަށް ހިނގައިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި މިހާރު ރައީސް ސޯލިހުހެ ވާދަވެރިންގެ ތެރޭގައި ހިމެނޭ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ވިދާޅުވީ ރައީސް ސޯލިހަށް ވީ މިންވަރު އޮތީ ފެންނަން ކަމަށެވެ. އެގޮތުން ރައީސްގެ އަރިހުގައި ތިބީ އެމްޑީއޭ އަދި އަދާލަތު ޕާޓީގެ މަދު މީސްކޮޅެއް ކަމަށާއި އެއީ ރައީސް ސޯލިހަށް ވީ ވަރު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގެން ނަމަވެސް ބޮޑެތި ޕާޓީތައް ތިބީ އިދިކޮޅާ އެކުގައި ކަމަށް އޭނާ ވިދާޅުވެއެވެ.
ހަސަން ވިދާޅުވީ އޭނާ އާއި ޑިމޮކްރެޓްސްގެ މެންބަރުންނަކީ ސަރުކާރުގައި ތިބެފައި ނުކުތް މީހުން ކަމަށާއި ސަރުކާރު އުފެއްދީ ވެސް އެ މީހުން ކަމަށެވެ. އަދި މިހާރު ޑިމޮކްރެޓްސް އުފައްދަން ހުއްދަދީފައި އެ އޮތީ އޭނާއަށް ކަމަށާއި އެއީ އެތައް ބައިވަރު މީހުން ކަމަށް އޭނާ ވިދާޅުވެއެވެ. އަދި އެމީހުން ސަރުކާރު ކަމުނުގޮސްގެން ޕާޓިއިން ވަކިވެފައި ވާއިރު ދެން ރައީސް ސޯލިހްގެ ފަހަތަށް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަސަން ވިދާޅުވެއެވެ.
ހަސަން އިތުރަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އަދި ސަރުކާރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެތައް ކަމެއް ކުރަމުންދާ ކަމަށާއި އެކަމާ ހިންހަމަ ނުޖެހިގެން އެކަން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ޕީޕީއެމް، ޖޭޕީ، އެމްއެންޕީ، އެމްއާރްއެމް އަދި ދަ ޑިމޮކްރެޓްސްއިން އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދުމަށްޓަކައި ހުރިހާ ޕާޓީތަކުންވެސް ބޭފުޅުން ވަޑައިގެން އެ މަސައްކަތުގައި އެއްގަލަކަށް އަރައިގެން އެއް އަމާޒެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިއަދު ހުރިހާ އިދިކޮޅު ޕާޓީތަކުން އެކުގައި މަސައްކަތް ކުރަން އަޑުއުފުލާފައި ވާއިރު ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޑިމޮކްރެޓްސް އާއި އިދިކޮޅު ޕީޕީއެމް ވަނީ އިއްތިހާދު ވެފައެވެ.
ތަސައްރަފު ނުފުދިގެން ރ ނަސީދު ބޯކަލާގެން ދެބޯގެރި ދުންވަމުން ތިޔަޔަސް ރ ޔާމިނު ބަނޑުދަށައް ވަަދެގެން ތިތެޅިއަރުވަނީ މިހާރުވެސް ލިބޭ ވަރު މަދުވެގެން ހުވަފެނުންވެސް ތިގޮނޑި ނުފެންނާނެ ކަލެއަކައް