ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީއިން ބެކް ޓު ސްކޫލް ކެމްޕެއިން ޖެހިޖެހިގެން ދެ ވަނަ އަހަރަށް ލޯންޗުކޮށްފިއެވެ.
މޫލީއިން ބުނީ ނޮވެލްޓީ ބުކްޝޮޕާއެކު ކުރިއަށްގެންދާ ކެމްޕެއިނަށް މިދިޔަ އަހަރު ލިބުނު ތަރުހީބާ ތަޖުރިބާއާއެކު މި އަހަރުވެސް ސްކޫލާށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.
އަންނަ ދިރާސީ އަހަރަށް ބޭނުންވާ ޒަރޫރީ ސާމާނާއި ސްކޫލް ފޮތްތައް ލިބުމުގައި އާއިލާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، މޫލީގެ މައިގަނޑު އޮފާއަކަށް ބަދަލެއް ނާންނަ ކަމަށާއި އެ ހިދުމަތުގެ ސަބަބުން މާލެއަށް ކުރަންޖެހޭ ދަތުރުފަތުރުގެ އަގުބޮޑު ހަރަދާއި ފިހާރަތަކުގައި ކިޔުގައި ތިބުމާއި ބަރު ކޮތަޅުތައް އުފުލުމުގެ ބުރަ ނައްތާލެވިގެންދާ ކަމަށް މޫލީއިން ބުނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ސްކޫލަށް ބޭނުންވާ ސާމާނު އިތުރު ހަރަދެއް ނުވަތަ ދަތިކަމެއް ނެތި ފަސޭހަކަމާއެކު އޮންލައިންކޮށް އޯޑާ ކޮށްލެވޭ ކަމަށްވެސް މޫލީއިން ވަނީ ބުނެފައެވެ.
މޫލީއިން ބުނި މޫލީ މެދުވެރިކޮށް ފޮތްލިސްޓް ބައްލަވައިގަތުމަށް މޫލީ ވެބްސައިޓްގެ ބުކްސް އެންޑް ސްޓޭޝަނަރީ ކެޓަގަރީގެ ދަށުން ސްކޫލަށް ބޭނުންވާ ސާމާނު ފެންނާނެ ކަމަށާއި ޗެކް-އައުޓް ކުރާއިރު އެޑިއުކޭޝަން މިނިސްޓްރީއިން ދޭ ވައުޗާ ކޯޑާއި އައިޑީ ކާޑު ނަމްބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖަހަން ޖެހޭނެ ކަމަށެވެ. އަދި އޯޑަރުކުރާ ތަކެތި ޑެލިވަރީ ކުރުމުން އެ ފޮތް ލިސްޓް އޯޑަރުކުރުމަށް ބޭނުންކޮށްފައިވާ ވައުޗާ ޑެލިވަރީ ކުރާ ފަރާތާ ހަވާލުކޮށްލަން ޖެހޭނެ ކަމަށް މޫލީއިން ވަނީ ބުނެފައެވެ.
މޫލީ ވެބްސައިޓަށް ލޮގިންވުމަށްފަހު ގްރޭޑް ހިޔާރުކުރުމަށްފަހު ވައުޗާ ކޯޑާއި އައިޑީކާޑް ނަންބަރު ޖެހުމަށްފަހު ކާޓްއަށް އެޑް ކުރުމަށްފަހު އޯޑަރު ކަށަވަރުވުމުން އޯޑަރު ކުރެވުނީ ކަމަށްވެސް ވަނީ ބުނެފައެވެ.
މޫލީއިން އިތުރަށް ބުނީ އެ ހާއްސަ އޮފާގެ ބޭނުން ހިފުމަށް ކަސްޓަމަރުންނަށް މޫލީގެ ވެބްސައިޓަށް ޒިޔާރަތްކޮށް ހިލޭ ހޯމް ޑެލިވަރީ އަށް އޯޑަރު ދެވޭނެ ކަމަށާއި ޖެހިޖެހިގެން ދެ ވަނަ އަހަރަށް މޫލީގެ ބެކް ޓު ސްކޫލް ކެމްޕޭން މިއަދު ފެށުނު އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅުއްވާ ދަރިވަރުންނާއި ބެލެނިވެރިންނަށް ދިރާސީ އާ އަހަރުގެ ސްކޫލް ފޮތްތަކާއި ޒަރޫރީ ތަކެތި ގޭދޮށަށް ލިބިގެންދާނެ ކަމަށެވެ.