އައިޖީއެމްއެޗް ބޭރުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް އަކަށް ގެއްލުން ދީފިއެވެ.

ފުލުހުން ބުނީ، އެތަނުގައި ހުރި އޭޓީއެމްތަކުގެ ތެރެއިން އެއް އޭޓީއެމް މެޝިނަކަށް ގެއްލުން ދީފައިވާ މައްސަލައެއް ރޭ ފަތިހު 5:11 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ ތަނުގައި 3 އޭޓީއެމް މެޝިން ހުރި އިރު ގެއްލުން ދީފައި ވަނީ މެދަށް ހުރި އޭޓީއެމް މެޝިނަށެވެ. ރޭ ފަތިހު މި މައްސަލަ ރިޕޯޓް ކުރުމުން ފުލުހުންގެ ޓީމެއް ސީނަށް ގޮސް ހަރަކާތްތެރި ވެފައިވާ އިރު، އަދި މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ފުލުުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.