އަގުހުރި އިނާމުތަކަކާއެކު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ "އީދު އޮފާ 2023" ޕްރޮމޯޝަން ފަށައިފިއެވެ.

އެހެން ހުރިހާ އަހަރެކޭ ވެސް އެއްފަދައިން މި އަހަރު ކުރިއަށް ގެންދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހުރިހާ ސަރަހައްދީ އެސްޓީއޯގެ އައުޓްލެޓްތަކުގައި ކުރިއަށް ދާނެއެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކަމުގައެވެ. އަދި އެސްޓީއޯ އީދު އޮފާ 2023"ގެ ޕްރޮޑަކްޓްތައް ގަތުމަށް ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކަސްޓަމަރުންނަށް ޑިޖިޓަލް ކޫޕަނެއް ދޫކުރާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ "އީދު އޮފާ 2023"ގެ ގްރޭންޑް އޮފާތައް:

  • 1 ވަނައަށްދާ ފަރާތަކަށް ހިޓާޗީ ފްރިޖްއެއް
  • 2 ވަނައަށްދާ ފަރާތަކަށް އެލްޖީ ޑިޝްވާޝަރެއް
  • 3 ވަނައަށްދާ ފަރާތަކަށް 2000 ރުފިޔާގެ އަގުހުރި އިލެކްޓްރޯނިކްސް އައިޓެމްސް

އެސްޓީއޯ "އީދު އޮފާ 2023" އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހުޅުމާލެ ފިހާރަ، އަދި އެސްޓީއޯ ރީޖަނަލް 10 ސަރަހައްދެއްގައި ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.