އިންޑިއާގައި މިފަހުން ފެންމަތި ވި، މަރުގެ 3 ހާދިސާ އަކަށް ފަހު އަންހެނުންނަށް ރައްކާތެރި ކަމެއް ނެތް ކަމަށް ބުނެ ދައްކަމުން އައި ވާހަކަތަަކަށް މިފަހަރުވެސް އިތުރުވީ އެފަދަ މަރެއްގެ ވާހަކައެވެ.

އިންޑިއާގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސިޓީ، މުމްބާއީގައި ނީނދެ އެކުގައި އުޅެމުން ދިޔަ 2 ލޯބިވެރިންގެ ތެރެއިން އަންހެން މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ، އުމުރުން 32 އަހަރުގެ ސަރަސްވަތީ ވައިދިޔާގެ ހަށިގަނޑު ފެނުނީ، އޭނާ ދިރިއުޅެމުން ދިޔަ ގެއިން ކަމަށާއި އެ ގޭގައި އޭނާ އާއެކު އުޅުނު ލޯބިވެރިޔާ އުމުރުން 56 އަހަރުގެ މަނޯޖް ސޭން އާ އެކުގައި ކަމަށެވެ.

މި މައްސަލަގައި ފުލުހުން އިތުރަށް ބުނީ، ސަރަސްވަތީ މަރުވެފައި ވާކަން އެނގުނީ ކުނިވަސް ދުވާތީ އޭނާގެ އަވަށްޓެރިން ރިޕޯޓު ކުރުމުން ގޮސް ބެލުމުން ކަމަށެވެ. ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޖަޔަންތް ބަޖްބަލޭ ވިދާޅުވީ، ފުލުހުން އެގެއަށް [އެޕާޓްމަންޓަށް] ވަދެ ބެލި އިރު، ވައިދިޔާގެ ހަށިގަނޑު އޮތީ ބުރިބުރި ކޮށްފައި ނައްތާލަން ތައްޔާރު ކޮށްފައި ކަމަށެވެ. އަދި އޭނާ މަރާލާފައި އޮންނަތާ 2-3 ދުވަހެއް ވެދާނެ ކަަމަށް ވެސް ލަފާ ކުރެވޭ ކަމަށާއި، އޮތީ ކުނިވެފައި ކަމަށް ވެސް ބުނެއެވެ.

މި މައްސަލައިގައި މަނޯޖް ހައްޔަރު ކޮށްފައި ވާ އިރު، މިފަދަ މަރުތަޖުގެ ވާހަކަ ސުރުހީތަކަށް އަރަނީ، އަނިޔާވެރިކަމާއި ލާއިންސާނިއްޔަތު ކަމެއް ނެތުމުގެ އިތުރުން މިފަދަ 3 މަރެއް މީގެ ކުރިންވެސް ހިނގާފައި ވާތީއެވެ.

މީގެ 9 މަސް ކުރިން ހިނގި މިފަދަ މަރެއްގައި އުމުރުން 28 އަހަރުގެ ފިރިހެނަކު މަރާލީ އޭނާ ހިތާވެގެން އެއް އެޕާޓުމަންޓުގައި އުޅުނު އުމުރުން 27 އަހަރުގެ އަންހެނެކެވެ. އޭނާ މަރާލުމަށް ފަހު ހަށިގަނޑު ކޮށާ، ގޭގެ ފްރިޖްގައި ބަހައްްޓާފައި ދިއްލީގެ އެތަން މިތަނަށް އުކާފައި ހުއްޓާ ފެނިގެން ގާތިލު ދެނެގަނެ ވަނީ ހައްޔަރު ކޮށްފައެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގެ އަމާންކަން ގެއްލުވާލި ރަހުމް ކުޑަ އެ ބޮޑު ގަތުލަކަށް 9 މަސް ނުވާނީސް، އިތުރު ސިހުމެއް ލިބުނު ނުރައްކާތެރި 2 ގަތުލެއް ހިނގިއެވެ. ލޯބިވެރިޔާ މަރާލުމަށް ފަހު، ފްރީޒަކަށް ލައިފައި އޮއްވާ ފެނުނު ހާދިސާ އަކާއި ލޯބިވެރިޔާ މަރާލުމަށް ފަހު ނިދާ އެނދު ދަށަށް ލައިފައި އޮއްވާ ފެނުނު ހާދިސާއެއް ވަނީ ހިނގާފައެވެ.