27.3 މިލިއަނަށް އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓްތަކެއް ހަދަން ހަވާލުކޮށްފިއެވެ.

އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓް އެޅުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ "އިންސްޓެކް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޮމްޕެނީ ލިމިޓެޑް"އަށް 17 މިލިއަން ޑޮލަރު ނުވަތަ 27.3 މިލިއަން ރުފިޔާއަށެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓް އިފެކްޓިވްވާ ދުވަހުން ފެށިގެން 240 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އައިސް ޕްލާންޓް އެޅުމަށް ހަމަޖެހިފައިވާ ރަށްތައް:

  • ނ. ލަންދޫ
  • ތ. މަޑިފުށި
  • ތ. ވިލުފުށި
  • ތ. ބުރުނީ

އެ މަޝްރޫއު ޗައިނާގެ "އިންސްޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓް ކޮމްޕެނީ ލިމިޓެޑް" އާ ހަވާލުކުރުމަށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

ތ.ބުރުނީގައި 5 ޓަނުގެ އައިސްޕްލާންޓެއް 15 ޓަނުގެ ސްޓޯރޭޖާއެކު އެޅުމަށް ނިންމާފައިވާއިރު ދެން އޮތް 3 ރަށުގައި ވެސް 15 ޓަނުގެ އައިސްޕްލާންޓް، 30 ޓަނުގެ ސްޓޯރޭޖާއެކު އަޅާނެއެވެ.

އެ ރަސްމިއްރާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޕްރޮޖެކްޓަކީ ދިވެހިރާއްޖެއިން އިއުލާނުކޮށްފައިވާ ކާބަން ނެޓް ޒީރޯ 2023 ގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވިގެންދާ މަސައްކަތެއް ކަމަށެވެ.