މާލެއާއި ހުޅުމާލެއާ ގުޅުވާލާ ސިނަމާލެ ބްރިޖް މަތިން ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބްރިޖް މަތީގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެ ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށް އޮފިޝަލް މައުލޫމާތު ދިނެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގަިއ ސިނަމާލެ ބްރިޖް މަތިން ދުއްވާފައި ދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 16:09 ގައި ލިބިފައިވާ ކަމަށާއި އަދި އަލިފާންގަނޑު މިއަދު 16:20 އެހާއިރު ނިއްވާލާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ޓެކްސީއެއްގައި ކަމަށާއި ހާދިސާ ހިނގާފައި ވަނީ ހަލިމަގާއި ބްރިޖް ގުޅޭ ޓްރެފިކް ލައިޓް ކައިރީގައި ކަމަށް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ފެންނަ ފެނަުމަށް އލިފާން ހިފާފައިވަނީ ޓެކްސީގެ އިންޖީނުގައެވެ. އަދި އެއީ ރަތް ކުލައިގެ ޓެކްސީއެއްކަން ވީޑިއޯތަކުން ފެނެއެވެ.