މަޖީދީ މަގު ޑިލައިޓް ފިހާރަ ހުރި އިމާރާތުގައި ރޯވެއްޖެއެވެ. އަލިފާންގަނޑު ފުރާޅުމަތިން އަރައިގެން ދާތަން ފެންނަ އިރު ފުލުހުންނާއި ސިފައިން މިޙާރު ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ޑިލައިޓް ފިހާރަ ހުރި އިމާރާތުގެ ފަސް ވަނަ ފަންގިފިލާގައެވެ.
އަދި މިހާރު އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެ އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައި ނުވާ އިރު އެ އިމާރާތަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު މަޖީދީ މަގަށް ހުންނަ، ކުޅިވަރުގެ ސާމާނު ވިއްކާ ޑިލަޓްގެ ދެ ފްލޯ ހުންނަ އިމާރާތެވެ.
މީގެ ކުރިންވެސް ވަނީ ބައިބޯ މާލޭގައި އަލިފާނުގެ އެކި ވަރުގެ ހާދިސާތައް ހިނގާ ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައެވެ.