ނ. މާފަރު އެއާޕޯޓް މަސައްކަތުގައި ބޭނުން ކުރަމުންދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލައިގެން އެ ދުއްވަން އިން ޑްރައިވަރު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މާފަރު އެއާޕޯޓް ރަންވޭގެ މަސައްކަތުގައި ބޭނުން ކުރަމުންދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލައިގެން އަނިޔާވި މީހަކު މާފަރު ހެލްތް ސެންޓަރަށް ގެންދިޔަ އިރު ވެސް އެމީހާ ވަނީ މަރުވެފައި ކަމަށް ފުލުހުންނަށް ރިޕޯތްކޮށްފައި ވަނީ މިއަދު ހެނދުނު 9:27 ހައިރު ކަމަށެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އެ އެކްސްކެވޭޓަރު ދުއްވަން އިން ޑްރައިވަރެވެ. އެއީ އުމުރުން 35 އަހަރުގެ އިންޑިާ މީހެކެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މާފަރު އެއާ÷ޯތް ބޮޑުކުރުމުގެ މަޝްރުއަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަމުން އަންނަ މަޝްރޫއެކެވެ.