މާލޭގެ މަަޖީދީ މަގުގައި އެއް ސައިކަލަކަށް ހަަތަރު މީހުން އަރައިގެން ދުއްވަނިކޮށް ފުލުހުން އެމީހުން ހުއްޓުވައިފިއެވެ.

އެ 4 މީހުން އެއް ސައިކަލުގައި ދަތުރު ކުރަމުން ދިޔަ ވީޑިއޯ މިއަދު ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.

މިއަދު އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި އެ ސައިކަލުގައި ބޮޑު 2 މީހުންގެ އިތުރުން ކުޑަ 2 ކުދިން ތިއްބެވެ. ސައިކަލު ދުއްވަން ފިރިހެނަކު އިންއިރު އޭނާގެ ކުރީގައި ކުޑަކުއްޖަކު އަދި އޭނާގެ ފަހަތުގައި ކުޑަކުއްޖަކާއި ބޮޑު އަންހެނެއް އިނެވެ. ކާރުބާރުބޮޑު މަޖީދީ މަގުގައި ދުއްވާފައިދާތަން އެ ވީޑިއޯއިން ފެންނައިރު އެއީ ބިދޭސީންތަކެއްކަން އެނގެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މަޖީދީ މަގުގައި 4 މީހުން އަރުވައިގެން ދިޔަ ސައިކަލެއް ހުއްޓާފައި/ ފޮޓޯ: އެމްވީކްރައިސިސް

މީގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް މިފަދަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލާގައި އެމީހާ މެދު ފިޔަވަޅު އަޅާފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.