ފ އަތޮޅު ފިލިތެޔޮ ކައިރީ ކަނޑުފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވާ ކަމަށެވެ. އެއީ ފިލިތެޔޮ ކައިރީ ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައި ހުރި ކަމަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ފާފު އަތޮޅު ފުލުހުން މިއަދު ހިންގި އޮފަރޭޝަނެއްގައި ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އެތަކެއްޗާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނެފައިވަނީ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާކަމަށެވެ.
މަސްތުވާތަކެތީގެ ވަބާ ރާއްޖޭގައި އިތުރުވަމުން އަންނައިރު މިދިޔަ ހޯމަ ދުވަހު އައްސޭރި ޖަލަށް ޑްރޯންއެއް ބޭނުންކޮށްގެން އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަރެކްޝަންސްއިން ވަނީ އަތުލައިގެންފައެވެ.
އެތެރެކުރާމީހުން އެތެރެކުރަނީ ވިއްކާމީހުން ވިއްކަނީ ބޯމީހުން ބޮނީ ސިންގަޕޫރ ގާއެތެރެ ކުރާމީހުން ވަގުތުން މަރާލަނީ މީސަތޭކައިންސައްތަ މުސްލިމް ގައުމު