ރާއްޖޭގެ 20 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމަށް ނިންމާ އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނުގައި ވަނީ މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ "އެކްސެލެރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނާޖީ" ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.
މި އިއުލާނުގައިވާ ގޮތުން 20 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރާނީ އަވިން ކަރަންޓް އުފައްދާ ނިޒާމު ގާއިމްކުރާނީ ބީލަން ކާމިޔާބުކުރާ ފަރާތުގެ އަމިއްލަ ހަރަދުގައި އަދި އެ ފަރާތުގެ ތަކެތީގައެވެ. އަދި އެ ފަރާތަކުން އެ ނިޒާމުތައް ވަކި މުއްދަތަކަށް ހިންގާ ބަލަހައްޓަން ޖެހޭއިރު އެ މުއްދަތަށް ފަހު އެ ނިޒާމުތަކާ ސަރުކާރުން ހަވާލުވާނެއެވެ.
އަވިން ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ ގއ. މާމެންދޫ، ގދ. ގައްދޫ، ގދ. ފަރެސްމާތޮޑާ، މ. ވޭވަށް، މ. ރަތްމަންދޫ އަދި ފ. ނިލަންދޫ އެވެ. މީގެއިތުރުން ތ. ގުރައިދޫ، ތ. ތިމަރަފުށި، ހއ. ދިއްދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. މަނަދޫ، ނ. ހޮޅުދޫ، ނ. ވެލިދޫ، ބ. ދަރަވަންދޫ، ބ. ތުޅާދޫ، ރ. އަލިފުށި ރ. ހުޅުދުއްފާރުގެ އިތުރުން މ. މުލި އަދި މ. މުލަކުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގައި ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ލައްކަ ޑޮލަރު ނުވަތަ އެ އަދަދަށް ދިވެހި ފައިސާ ހުށަހަޅަން ޖެހޭއިރު ބީލަން ހުށަހެޅަންޖެހޭ އެންމެ ފަހުގެ ތާރީހަކީ އޮގަސްޓް 30، 2023 ވަނަ ދުވަހެވެ.