ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން ހައްޔަރު ކުރި ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާމް ދޫކޮށްލައިފިއެވެ. މިއަދު އިސްލާމްއާބާދުގެ ހައިކޯޓުން ކުރި އަމުރުގައި ވަނީ ކަފާލާތުގެ ދަށުން 2 ހަފްތާއަށް ދޫކޮށްލާކަމަށެވެ.
ހައިކޯޓުން މިއަދު އެގޮތަށް ނިންމި އިރު، އޭނާ ހައްޔަރު ކުރީވެސް އެ މައްސަލައިގައި ކަފާލާތުގެ ކަންކަން ހަމެޖެއްސެވުމަށް ހައިކޯޓަށް ވަޑައިގެން އިންނަވަނިކޮށެވެ. އޭރު ހައިކޯޓުން ބުނީ އޭނާ ހައްޔަރު ކުރީ ރަނގަޅަށް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ބައިންދާގެން ޝަރީއަތް ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް އެ ނިންމުން ސްޕްރީމް ކޯޓަށް ބާތިލް ކުރުމާއެކު ހައިކޯޓުން މިއަދު އޭނާ ދޫކޮށްލީއެވެ.
މިދިޔަ އަންގާރަ ދުވަހު އިމްރާން ހައްޔަރު ކުރި މީހުންނާ މެދު ސުވާލު އުފެދިފައި ވާ އިރު، އޭނާ ހައްޔަރު ކުރީ އެމީހުން ހައިކޯޓުގެ ކުޑަދޮރުގެ ބިއްލޫރިތައް ތަޅާލައިގެން ވަދެއެވެ. އެއީ ޕެރަމިލިޓަރީން ކަމަށާއި އެމީހުންނަށް އެކަން ކުރުމުގައި އިމްރާންގެ ލޯޔަރުންނާއި ސެކިއުރިޓީންނަށް އަނިޔާވެސް ކޮންފައިވާ ކަމަށް އެގައުމުގެ ހަބަރުތައް ބުނެއެވެ.
އިމްރާން ހައްޔަރު ކުރުމާއެކު، އޭނާ ނިސްބަތްވާ ޕާޓީގެ މެންބަރުން ޕާކިސްތާންގެ މަގުތަކަށް ނިކުމެ ގައުމު ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. މަގުތައް ބަންދުކޮށް ކާރާއި އުޅަނދުފަހަރު ރޯކޮށް ފުލުހުންގެ މަރުކަޒުތަކަށް ވަދެގަނެ އާމީ ޖެނެރަލުންގެ ގޭގެއަށް ގެއްލުން ދީ ބޮދު ހަމަނުޖުންގަނޑެއް ވަނީ އުފެދިފައެވެ. މި ހަމަނުޖެހުންގަނޑުގެ ތެރޭގައި، އެގައުމުގެ ފުލުހުންނާއި ޕެރަމިލިޓަރީ ޖަމާއަތްތަކުގެ މެދުގައި ކުރިމަތިލުންތައްވެސް ވަނީ ހިނގާފައެވެ.
ބައެއް ހަބަރުތައް ބުނާގޮތުން 12 ވަރަކަށް މީހުން މަރުވެފައި ވެސް ވެއެވެ. ޕާކިސްތާނަކީ ބާރުގަދަ އަސްކަރިއްޔާއެއް އޮންނަ ގައުމަކަށް ވާއިރު، ޕެރަމިލިޓަރީންނަކީ އަސްކަރިއްޔާ އަށް އެހީވެދޭ ހަތިޔާރުވެސް ލިބޭ އަމިއްލަ ޖަމާއަތެކެވެ. އެގައުމުގައި ޕާލިމެންޓަރީ ނިޒާމެއް އޮވެ ވެރިކަން ކުރި ނަމަވެސް ސިފައިންގެ ބާރު ގަދަވުމާއެކު އެއްވެސް ވެރިއަކަށް ސިފައިންގެ ރުހުން ނެތި ވެރިކަމުގައި ހުންނެވުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. އެގައުމުގެ ސިފައިންނަކީ އަމިއްލަ ވިޔަފާރި އާއި ކުންފުނިތަކާއި އަމިއްލަ މުދަލާއި ތަކެތީގެ އިތުރުން އެންމެ ޗާލާކީ ދިރިއުޅުން އުޅޭ މީހުންނެވެ.
އިމްރާނަކީ ޕާކިސްތާންގައި ވަރަށް ޕޮލިއުލާ (މަގޫބޫލު) ބޭފުޅެއް ނަމަވެސް ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތައް އެކުވެ މިދިޔަ އަހަރުގެ އޭޕްރީލްގައި ވަނީ އިމްރާންގެ ވެރިކަން ވައްޓާލާފައެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް އިމްރާންގެ މަގުބޫކަން އާންމުންގެ މެދުގައި ކުޑަ ނުވާއިރު ދެން އޮންނަ އިންތިހާބެއް ފަސޭހަކަމާއެކު އޭނާ ކާމިޔާބު ކުރައްވާނެ ކަމަށް ދިރާސާ ތަކުން ދައްކައެވެ.
މިހާރު އޭނާގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަނާއި ފަސާދައާއި ގާނޫނާ ހިލާފު އަމަލުތަކުގެ ތުހުމަތު ތަކަކީ އިންތިހާބީ ފުރުސަތު ގެއްލުވާލުމަށް ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ދިވެހިރާއްޖެއެކޭ ޕާކިސްތާނެކޭ ތަފާތެއް ނެތެއްނުން ދިވެހިރާއްޖޭގަވެސް ވެރިކަމާހެދި ރައީސް ޔާމީނު ޖަލަށްލައިގެން ގެންގުޅެނީ ޕާކިސްތާނުގަވެސް އިމްރާންޚާނު ހައްޔަރުކުރަނީ ހަމިވެރިކަމާހުރެ އިމްރާންޚާނު ހޮވިދާނެތީ މިހާރު ރާއްޖޭގަމިއޮތް ޚޮދުމުހުތާރު ސަރުކާރުން ޔާނީނު ދޫވެސް ކުރަނީކީވެސްނުން