މިދިޔަ އާދިއްތަ ދުވަހުގެ ފަހުން ހަބަރެއް ނުވެގެން ޒުވާނަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ޏ. ފުވައްމުލަކު ދޫޑިގަން، ރަންދެލިގެ އުމުރުން 30 އަހަރުގެ ހަސަން ޖަމީލްގެ ހަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ހަސަން ޖަމީލު އެންމެ ފަހުން އާއިލާއަށް ހަބަރެއް ވެފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި އޭނާ މާލޭގައި ހުރި ކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ހަސަން ޖަމީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް މީހުން ވީނުވީއެއް ނޭނގި ގެއްލުމުގެ މައްސަލަ ދަނީ އިތުރުވަމުންނެވެ. އެގޮތުން އެފަދައިން ގެއްލޭ މީހުން ހޯދަން ގިނަ ދުވަސްތަކެއް ހޭދަ ކުރި ނަމަވެސް ފަހުގެ ތާރީހުތަކުގައި މީހާ ވީނުވީ ނޭނގި ނުފެނިވެސް އެބަ ހުއްޓެވެ.