މެރާކީ ކޮފީ ރޯސްޓާސްއިން އުފައްދާ ދިވެހިރާއްޖޭގެ ފުރަތަމަ ލޯންޗުކުރި ކޮފީ ކެޕްސޫލް މިހާރު އުރީދޫގެ މޫލީ މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫއިން ބުނީ އަމިއްލައަށް ނެތިފަނާވާ (ކޮމްޕޯސްޓަބަލް) މައުދަނަކުން އުފައްދާފައިވާ ސްޕެޝަލްޓީ ގްރޭޑްގެ އެ ކޮފީ ކެޕްސޫލަކީ ފަސޭހަކަމާއެކު ރަހަމީރު ކޮފީއެއް ކޮންމެ ވަގުތަކު އަދި ކޮންމެ ތާކުވެސް ހަދާލެވޭނެ ގޮތަށް ފަރުމާކޮށް ތައްޔާރުކޮށްފައިވާ ކެޕްސޫލެއް ކަމަށެވެ. އަދި ހަމައެއާއެކު ހެޔޮއަގުގައި އެ ކެޕްސޫލް މޫލީ މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި ކޮފީ ބޯ ފަރާތްތަކަށް އިތުރު އެއްވެސް ތުރާލެއް ނެތި ގޭގައި ނުވަތަ އޮފީހުގައި ފެންވަރު ރަނގަޅު މީރު ކޮފީއެއް ހަދާލެވޭނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.

ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މޫލީގެ ހިދުމަތާއެކު ކަސްޓަމަރުންނަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމާއި އީޒީ ރިޓާންސް އަދި ގަންނަ ފަރާތްތަކަށް ޔަގީންކަމާއެކު ވިޔަފާރި ކުރުމުގެ ފުރިހަމަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ލިބިގެންގޮސްފައިވާއިރު އަދި މޫލީއަކީ ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އޮންލައިން ރީޓެއިލަރުންނަށް ބޮޑު ކަސްޓަމަރ ބޭސްއަކާއި ޑެލިވަރީގެ ހިދުމަތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމުގައި ވެސް އެހީތެރިވެދޭ ޕްލެޓްފޯމެއް ވެސް މެއެވެ.

ތިން ބާވަތެއްގެ ކޮފީ ކެޕްސޫލް ލޯންޗުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކްލެސިކް އެސްޕްރެސޯއެއްގެ މަތިން ހަނދާންކޮށްދޭނެ "ޗޮކްލެޓީ އެންޑް ނަޓީ" ކޮފީއަކާއި ސިގްނޭޗާ ޑްރިންކެއްގައި ބޭނުންކުރަން އެންމެ ކަމުދާ ޒަމާނީ "ބްރައިޓް އެންޑް ސިޓްރަސީ" ކެޕްސޫލެއްގެ އިތުރުން އާއްމުކޮށް ކޮފީގައި އެކުލެވޭ ރަހަތަކާއި ތަފާތު ރަހަތަކެއް ހިމެނޭ "ސްވީޓް އެންޑް ފުރުޓީ" ކެޕްސޫލެކެވެ. މީގެ އިތުރުން ތަފާތު ސްޕެޝަލިޓީ ކޮފީއާއެކު، އެހެން ރަހަތައް ހިމެނޭ ކެޕްސޫލްތަކެއް އަހަރުގެ އެކި ހިސާބުތަކުގައި ލޯންޗުކުރުމަށް ރާވާފައިވާ ކަމަށް އުރީދޫއިން ވަނީ މައުލޫމާތު ދީފައެވެ.

މޫލީ މެދުވެރިކޮށް ކޮފީ ކެޕްސޫލް ބައްލަވައިގަތުމަށް:

މި ލިންކު މެދުވެރިކޮށް ޗޮކްލެޓީ އާދި ނަޓީ ފްލޭވާ ބައްލަވައިގަނެވޭނެ

މި ލިންކު މެދުވެރިކޮށް ބްރައިޓް އަދި ސިޓްރޫސީ ބައްލަވައިގަނެވޭނެ

މި ލިންކު ސްވީޓީ އަދި ފްރުޓީ ބައްލަވައިގަނެވޭނެ

މެރާކީ އަކީ މޯނިން ކޮފީ މެޝިނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ކަމަށްވާއިރު އެ ކޮފީ މެޝިންވެސް ފަސޭހަކަމާއެކު މޫލީ މެދުވެރިކޮށް ބައްލަވައުގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.