ދުވާލަކު ދެއިރު ދެ މިނެޓު ވަންދެން ދަތް އުނގުޅުމަކީ ކުޑައިރުއްސުރެވެސް އަހަރެމެންނަށް އާދަވެފައިވާ ގޮތެވެ. މިގޮތަށް ދަތް އުނގުޅުމަކީ ދަތުގެ ދުޅަހެޔޮކަން ހިމާޔަތް ކުރުމަށް ވަރަށް މުހިންމު ކަމެއް ކަން ޔަގީނެވެ. ނަމަވެސް އެވަރަކުން ނުފުދެއެވެ. ސަބަބަކީ ދަތް އުނގުޅާ ބުރުސްތަކުން ވާސިލް ވެވެނީ ދަތުގެ ސަރަހައްދުގެ 60 އިންސައްތައަށެވެ. ކާބޯތަކެތީގެ ބައެއް އެތިކޮޅުތައް ދެދަތް ދޭތެރޭގައި ހުރެ، ޖަރާސީމު އުފެދުމުން ގޮހޮރުގެ ބަލިތައް ޖެހުމަށް މަގުފަހިވެގެންދާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ދަތުގެ ތަޖުރިބާކާރުން ލަފާދެނީ، ބާކީ 40 ޕަސެންޓަށް އިހުމާލު ވިޔަ ނުދިނުމަށްޓަކައި ކޮންމެ ދުވަހަކު ވެސް އިންޓަޑެންޓަލް ބުރުހެއް ބޭނުންކޮށްގެން އަނގަތެރެ އެއްކޮށް ސާފުކުރުމަށެވެ.

ޓީޕީ ބުރުސް ބޭނުންކުރުމަށް ޑެންޓަލް ހައިޖިނިސްޓުންގެ ތެރެއިން 94 ޕަސެންޓް މީހުން ލަފާދޭ

އިނގިރޭސިވިލާތުގައި އިންޓަޑެންޓަލް ބުރުސް ވިއްކާ އެއް ވަނަ ކުންފުންޏަކީ ޓީޕީ އެވެ. ސާފު، ސިއްހަތު ރަނގަޅު ދަތްތައް އަދި ހިރުގަނޑެއް ހާސިލްކުރުމަށް މި ބުރުސް ބޭނުންކުރުމަށް ޑެންޓަލް ހައިޖިނިސްޓުންގެ ތެރެއިން 94 ޕަސެންޓް މީހުން ލަފާދެއެވެ.

އަނގައިގެ ނުސާފު ކަމަކީ ގޮހޮރުގެ ބަލިތައް ޖެހުމަށް މެދުވެރިވާ އެންމެ އާންމު ސަބަބެވެ. މިއީ ހިރުގަނޑު ރަތްވެ، ދުޅަވެ، ދަތް އުނގުޅުމުން ލޭ އައުން ފަދަ ހާލަތެކެވެ.

މިއީ ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެއް ނަމަވެސް، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ މަދު މީހުންނަށް އެނގޭ ގޮތުގައި ހިރުގަނޑަށް ދިމާވާ ބަލިތަކުގެ ސަބަބުން ހަކުރު ބައްޔާއި އާތުރައިޓިސް އާއި ހިތުގެ ބަލިތަކާއި ޑިމެންޝިއާ ފަދަ އެހެން އެތައް ބައްޔެއް ޖެހުމުގެ ފުރުސަތު ބޮޑެވެ.

ކަސްރަތު ކުރުމާއި ސިއްހަތަށް ފައިދާހުރި ކާނާ ކެއުން ފަދައިން، ދުޅަހެޔޮ ދިރިއުޅުމެއް ދެމެހެއްޓުމަށްޓަކައި ދަތްތަކާއި ހިރުގަނޑަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވިސްނަން ޖެހެއެވެ.

ހިރުގަނޑަށް ދިމާވާ ބައްޔަކީ ވަރަށް އާންމު ބައްޔެކެވެ. 35 އަހަރުން މަތީގެ ކޮންމެ ދިހަ މީހަކުން އަށް މީހަކަށް އޭގެ ކޮންމެވެސް ބާވަތެއްގެ ނުރައްކާ ކުރިމަތިވާ އިރު، އަނގައިގެ ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދޭނަމަ ހިރުގަނޑަށް ޖެހޭ ކުދިކުދި ބަލިތަކުން ރައްކާތެރި ވެވޭނެއެވެ.

އިންޓަޑެންޓަލް ބުރުސްތަކަކީ ބޭނުންކުރަން އުނދަގޫ ނުވަތަ ވޭންދެނިވި ބުރުސްތަކެއް ކަމަކަށް ބުނެ ވާހަކަތަކެއް ވެސް ވަނީ ފެތުރިފައެވެ. ޓީޕީއަކީ މުޅި އަނގަ ތާޒާކޮށް ދުޅަހެޔޮ ސިއްހަތެއްގައި ބަހައްޓައިދީ، ދަތްތައް ސާފުކުރަން ފަސޭހަ، ހިތްފަސޭހަ އަދި ހަރުދަނާ ގޮތެއް ކަމަށް ޑެންޓަލް ހައިޖީނިސްޓުން ބުނެއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާ ތަކެތި ބޭނުންކޮށްގެން ސްވިޑަންގައި ހަދާފައިވާ މި ބުރުސްތަކަކީ ތަފާތު ސިފަތަކާއި ސައިޒުތަކަށް، ދަތުގެ އާލާތްތަކާއި ނަރުގަނޑާއި ކްރައުން އަދި އިމްޕްލާންޓަށް ވެސް ފެތޭގޮތަށް ފަރުމާކޮށްފައިވާ ބުރުސްތަކެކެވެ.

އަނގައިގައި ބެކްޓީރިއާ އެކުލެވިގެންވާ އިރު، ކާބޯތަކެތިންނާއި ދަތްތައް ފަނިކެއުމުން ޕްރޮޓީންތައް ފަޅައިގެން ގޮސް، ނުބައި ވަސް ދުވާ ގޭސްތައް ދޫކުރެއެވެ. އަނގައިގެ ހުރިހާ ހިސާބެއްގައި ވެސް ބެކްޓީރިއާ އުފެދުމުން ސަލާމަތް ވުމަށް އަނގައިގެ ސާފުތާހިރުކަން ރަނގަޅަށް ހިފެހެއްޓުމަކީ ނޭވާ ތާޒާކޮށް ނުބައި ވަސް ދުވުން ހުއްޓުވުމަށް މުހިންމު ކަމެކެވެ.

ގިނަ މީހުންނަށް ގަބޫލު ކުރެވިފައި އޮންނަނީ މުސްކުޅިވުމުން ދަތްތައް ފައިބާނެކަމެވެ. ނަމަވެސް، އެއީ ހަގީގަތާ މުޅިން ހިލާފު ކަމެއް ކަމަށް ދަތުގެ މާހިރުން ބުނެއެވެ. ދަތްތައް ރަނގަޅަށް އުނގުޅާ، ހިރުގަނޑުގެ ސިއްހަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނަމަ، ދަތްތައް ފަނިކެއުމާއި ހިރުގަނޑުގެ ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ. އެ ދެކަމަކީ ދަތްތައް ފޭބުމުގެ މައިގަނޑު ދެ ސަބަބެވެ.

ގަވައިދުން ދަތުގެ ޑޮކްޓަރަކަށް ދެއްކުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ގިނަ މީހުންނަށް ގަބޫލު ކުރެވިފައި އޮންނަނީ ޑޮކްޓަރަށް ދައްކަން ޖެހެނީ ކަމެއް ގޯސް ވުމުން ކަމަށެވެ. ނަމަވެސް ބަލިތަކުން ރައްކާތެރިވުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެކަމާ ދެކޭ ގޮތާއި ވިސްނުން ބަދަލު ކުރަންވެއްޖެއެވެ. ގަވައިދުން އަނގަތެރޭގެ ސިއްހަތު ނުބަލާނަމަ، އެންމެ ފަހު ވަގުތު ބޮޑު ބައްޔެއް ކުރިމަތިވެ، އަތުން ގިނަ ހަރަދުތަކެއް ކުރަން ޖެހޭ ހިސާބަށްވެސް ގޮސްދާނެއެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަބަދުވެސް ސަމާލުކަން ދިނުން މުހިންމެވެ.