ހުސްވި އޭޕްރީލަ މަހު ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން ކޮންމެ މަހަކުވެސް އާންމު ކުރަމުންދާ ތަފާސް ހިސާބު ތަށް ދައްކާ ގޮތުން ފާއިތުވި އޭޕްރީލް މަހު އެކަނިވެސް ޖުމްލަ 853 މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. އަދި އެންމެ ގިނައީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ވައްކަމުގެ 223 މައްސަލަ ހުށަހަޅާފައިވާއިރު ވައްކަމުގެ 170 މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

އަދި ޓްރެފިކް އެކްސިޑެންޓްގެ 164 މައްސަލަ ހުށަހަޅާފައިވާއިރު އެއްޗިހި ގެއްލުމުގެ 96 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުންވެސް ފުލުހަށް ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ:

  • މުދަލަށް ގެއްލުން ދިނުމުގެ 38 މައްސަލަ
  • މަކަރާއި ހީލަތް ހެދުން 48 މައްސަލަ
  • ޖިންސީ ގޯނާގެ 17 މައްސަލަ
  • އަނިޔާ ކުރުމުގެ 45 މައްސަލަ
  • ގެވެށި އަނިޔާ 20 މައްސަލަ
  • ފޭރުމުގެ 19 މައްސަލަ
  • ފޯޖް ކުރުމުގެ 10 މައްސަލަ
  • ޗެކް ބައުންސްވުމުގެ 3 މައްސަލަ އެވެ.

މިގެ އިތުރުންވެސް އޮޅުވާލައިގެން އެކި ކުންފުނިތަކުގެ ނަމުގައި ފައިސާ ހޯދާ މިންވަރުވެސް ދަނީ ދުވަހެއް ދުވަހަކަށް ވުރެ އިތުރުވަމުންނެވެ. އަދި މިކަންކަމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ފުލުހުންގެ އިތުރުން ގައުމޫ ބޭންކް، ބޭންކ އޮފް މޯލްޑިވްސް އިންވެސް ގިން މަސައްކަތް ތަކެއް ކުރަމުންނެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތަކަކީވެސް މިހާރު ކަންބޮޑުވާ ދަރަޖައަކަށް ހުރި މައްސަލަތަކެއް ނަމަވެސް އެކަން ކަމަށް ހައްލެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.