ރޭގެ ވަގުތެއްގައި ތ. ހިރިލަންދޫގައި މާރާމާރީ އެއް ހިނގައި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެންމެ ފުރަތަމަ މާރމާރީ ހިންގާފައި ވަނީ ރޭ 10 ޖަހާކަށް ހާއިރެވެ. އެ ވަގުތު އެ ރަށުގެ ގިނަ ބަޔކު ވަނީ އެ ރަށުގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރާ މީހެއްގެ ގެއަށް ވަދެ އެމީހާގެ ގައިގައި ތަޅައިގެންފައި ކަމަށް މައުލޫމާތު ލިބެއެވެ.
ރަށުގެ ބަޔަކު އެމީހާގެ ގައިގައި ތަޅައިގެން ސަބަބެއް ކަމަށް ރަށުގައި ދެކެވޭ ވާހަކަތައް ހިއްސާ ކުރި މީހަކު ބުނީ، އެމީހާގެ ގެއަށް ބަޔަކު ގޮސްފައި ވަނީ އެ ރަށު އެހެން މީހަކު މަރާލާނެ ކަމަށް ބުނެ އެ މީހާ އިންޒާރު ދިނުމުން ކަމަށެވެ. އަދި އޭނާ ވަނީ ރަށުން ބާލާފައި ކަމަށާއި އަދި އެރަށުން މި މައްސަލައިގައި މީހަކު ވެސް ހައްޔަރު ކުރިކަމަށް އެމީހާ ބުނެއެވެ. މީގެ އިތުރުން އެ ރަށުގެ ރައްޔިތުން ވަނީ ރޭ މެންދަމު 2 އާއި 4 އާ ދެމެދުގެ ވަގުތެއްގައި މާރާމާރީ ހިންގި ގޭދޮށުގައި އެއްވެ ހަޅޭއްލަވައި އެގެއަށް ގާއުކާފައި ކަަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން އެރަށު ކައުންސިލުން މައުލޫމާތު ދެމުން ބުނީ، އެ ރަށުގައި ވައްކަން ކުރުމާއި ޑްރަގްގެ މައްސަލަތައް ބޮޑުވެފައިވާ ކަމަށާއި ރަށުގެ ރައްޔިތުން ރޭގެ ވަގުތެއްގައި ގެއަކަށް ގޮސް މާރާމާރީ ހިންގާފައި ވަނީ އެފަދަ ކަންކަމާ އޮތް ހިތްހަމަނުޖެހުމެއްގައި ކަަމަށް ބެލެވޭ ކަމަށެވެ. މި ހާދިސާގައި މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށް ތުހުމަތު ކުރާ މީހާއަކީ އެ ރަށު މީހެއް ނޫން ކަމަށާއި މައްސަލަ ގޯސްވުމުން ތ. ވޭމަންޑޫއިން ފުލުހުން އައިސް އެމީހާ ގެންގޮސްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
އަދި މި ހާދިސާގައި އެ ރަށު ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
އަނިޔާ ލިބުނު މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައި ނުވި ނަމަވެސް އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މީހާ އެ ރަށުގައި ހުރި ގޭގެ ވެރި މީހާ އާއި އަދި އެ ރަށުގެ އިތުރު މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އެހެންކަމުން ރަށުން ބޭރުން އައިސް އެރަށުގައި އުޅެމުން ދިޔަ މީހާ ރޭގެ ވަގުތެއްގައި ފުލުހުން ގެންދިޔައީ ހައްޔަރުކޮށްގެން ކަމެއް ނުވަތަ އެމީހާއަށް ލިބިދާނެ އަނިޔާއަކަށް ބަލައި ހިމާޔަތް ދިނީ ކަން އަދި ކަށަވަރެއް ނުވެއެވެ.
މި ރަށުގެ ޑްރަގް މައްސަލަ ވާހަކަ ނޫސްތަކަށް އަރުވައިގެން ވެސް ވެއްޖެ ހައްލެއް ހޯދަން. ސަރުކާރުން ފުލުހުން ވެސް އަސްލު މާ ބޮޑު އަޅައެއް ނުލާ. މި ޑްރަގް ވިއްކާ އެއްޗިހިން އައިސް މުޅި ރަށް ހަލާކު ކޮށްފި
ބޯ މީހުންނަށޭ ރަށުގެ ސަޅި ބިޓުންތައް ސެޓް ވަނީ. ޢެހެންވީމަ ހާޑް ވާނެތާ