އިއްޔެ ހަވީރު ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ އެމްޑަބްލިއުއެސްސީގެ ލޯންޗަކާއި، ސާސް އީ ކޮންސްޓްރަކްޝަނުގެ ލޯންޗެއް ޖެހި ހިނގި މި އެކްސިޑެންޓުގައި ސާސް ކޮންސްޓްރަކްޝަންގެ ވެރިޔާ ސައުދުالله އަހުމަދު (ސައުދު) ވަނީ ނިޔާވެފައެވެ. ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވެގެން ރިޕޯޓް ކުރީ އިއްޔެ ހަވީރު 4:40 ހާއިރުއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށާ އަދި މި ހާދިސާ އާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި އެކްސިޑެންޓު ހިނގި އިރު ސައުދު އިނީ ލޯންޗުގެ ފަހަތު ސީޓުގައެވެ. އަދި ބާރު ސްޕީޑްގައި ދުއްވާފައި އައި އެމްޑަބްލިއުއެސްސީގެ ލޯންޗު އަރާފައި ވަނީ ސާސް ލޯންޗުގެ ފަހަތު ބަޔަށެވެ.

ސައުދު ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.