ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މުހައްމަދު އާލިފް ރޭ ނިޔާވެއްޖެއެެވެ.

ލ. ފޮނަދޫ ސަބުދެލިޔާގޭ އުމުރުން 15 އަހަރުގެ އާލިފް ނިޔާވެފައި ވަނީ ކެންސަރުގެ ވައްތަރެއް ކަމަށްވާ ހައި ގްރޭޑް ލިންފޯމާއަށް އިންޑިއާގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ހަމަދު ސުކޫލު ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ އާލިފްއަށް ކެންސަރު ޖެހިފައިވާ ކަން އެނގުނީ ގްރޭޑް 9 އެއްގެ ފުރަތަމަ ޓާމްގެ ކިޔެވުން ފެށުނުތަނާ އެވެ. އެހެންކަމުން ކިޔެވުން މެދުކަނޑާލައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޭނާ އައީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުންނެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ހުރިހާ މުވައްޒަފުންގެ ނަމުގައި އެ މިނިސްޓްރީއިން ވަނީ އާލިފްގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެެ.

އާލިފަށް ކެންސަރު ޖެހުނުކަން އެނގުމުން އޭނާގެ ކްލާސް ކުދިން އިސް ނަގައިގެން އެހީ ހޯދުމުގެ ހަރަކާތެއް ވެސް ކުރިޔަށް ގެންދިޔައެވެ. އަދި އެ ހަރަކާތަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.