ހުޅުމާލެ ފޭސް 2، ފަރުކޮޅުފުށީގައި ނާސަރީއެއްގެ ގޮތުގައި ބޭނުންކުރާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފަރުކޮޅުފުށީ އިމާރާތުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލައިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ފަރުކޮޅުފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 5:07 ހާއިރު ކަމަށެވެ. އަދި އެއާއެކު ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ހުޅުމާލެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާވެފައިނުވާ ކަމަށް އެންއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ފަހަކަށް އައިސް ގިނަ އަލިފާނުގެ ހާދިސާތަކެއް ހިނގަމުން އަންނައިރު މިދިޔަ ބުރާސްފަތި ދުވަހު ކ، ހިންމަފުށީގައި އޮތް 2 ލޯންޗެއްގައި ރޯވެ ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.