ދެކުނުގެ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ދެކުނުގެ ސަރަހައްދުގެ (ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް) ހިމެނޭ ސަރަހައްދުގެ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ރޭ 23:02 ގައި ފުލުހުންނަަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 63 އަހަރުގެ ފިރިހެނެއް މިރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އިތުރުވަމުން އަންނައިރު ޖެނުއަރީ މަހު އެކަނި ވެސް 27 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ.