މާލެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ތިލަފުށީގައި ހަދަން ނިންމާފައިވާ ބަލްކް ޕޯޓް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފިއެވެ.
އެމްޕީއެލް އިން ބުނީ، ތިލަފުށީގައި ބަލްލް ޕޯޓެއް ތަރައްގީކުރުމުގެ ބޭނުމަކީ ބޮޑެތި ކާގޯ އުޅަނދުތަކާއި ކޮންޓެއިނަރު ކާގޯ އުފުލާ އުޅަނދުފަހަރު ބެހެއްޓޭނެ ޒަމާނީ، ވަރުގަދަ، އަދި ދެމެހެއްޓެނިވި ބަނދަރެއް ގާއިމުކުރުން ކަމަށެވެ. މި ޕޯޓަކީ ސިމެންތި އާއި ހިލަ، ހިލަވެލި ބޭލުމަށް ހާއްސަކޮށް ހަދާ ޕޯޓެއް ކަމަށް އެމްޕީއެލް އިން ބުނެއެވެ.
ޑީޕް ސީ ޕޯޓް ތަރައްގީކުރުމުގައި ކުރަން ޖެހޭނެ މަސައްކަތް:
- 1.4 ހެކްޓަރުގެ ގުދަން އޭރިއާ
- އިންޓަނޭޝަނަލް ބޯޓް ކައިރިކުރެވޭ 600 މީޓަރުގެ ކުއޭ ވޯލްސް
- ކާގޯ ހެންޑްލިން ސާމާނު ބަހައްޓައި އިންސްޓޯލްކުރުން
- 7 ހެކްޓަރުގެ ޓާމިނަލް ޔާޑް ޕޭވިން
- ލޯކަލް ބޯޓްތައް ކައިރިކުރެވޭ 600 މީޓަރުގެ ކުއޭ ވޯލްސް
- އެއްގަމު މަގުތަކާއި، ސެކިއުރިޓީ ޕޯސްޓްތަކާއެކު އެންޓްރީ/އެގްޒިޓް ގޭޓްތައް ހެދުން.
-
ކާގޯ ސްކޭންކުރާ އިކުއިޕްމަންޓްތައް ބަހައްޓައި އިންސްޓޯލްކޮށް
- ބަނދަރު ހެދުމުގެ ތެރޭގައި އަދި ބަނދަރު ހެދުމުގެ ގާނޫނީ ގޮތުން ލާޒިމުކުރާ ކަންކަމާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ ކަންކަމަށް ތަބާވުން.
-
ގުދަން، ޓްރަކް ޕާކިން، ޔުޓިލިޓީ އިންފްރާސްޓްރަކްޗާ، އޮޕަރޭޝަން އަދި މެއިންޓެނަންސް އޭރިއާ ބިނާކުރުމާއި އެހެން ފެސިލިޓީތައް ގާއިމުކުރުން
-
ބަނދަރު އެޅުމަށް ފަހު ކަނޑައެޅިފައިވާ މުއްދަތަކަށް ބަނދަރު ބެލެހެއްޓުމާއި މަރާމާތުކުރުން.
އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ 26 އާ ހަމައަށް އޮންނާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
އެމްޕީއެލް އިން ބުނީ، މި މަސައްކަތް ކުރަން ޝައުގުވެރިވާ ކުންފުންޏަކީ މީގެ ކުރިން ޑީޕް ސީ ޕޯޓެއް ތަރައްގީކޮށްފައިވާ ކުންފުންޏަކަށް ވުމާއި މާލީ އަދި ފަންނީ ގާބިލުކަމާއި ވަސީލަތްތަކުގެ ގޮތުން ގާބިލު ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ބަނގުރޫޓް ވެފައި ނުވާ ކުންފުންޏަކަށް ވުމާއި ގާނޫނީ މައްސަލައެއްގައި ބެދިފައިވާ ކުންފުންޏަކަށް ނުވުން ވެސް ޝަރުތެއްގެ ގޮތުގައި ހިމެނޭ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
ތިލަފުށި ޕޯޓު އިންޑިއާ އާއި ހަވާލުކުރަން ތައްޔާރުވަނީބާ.
ބަނދަރު އަނެއްކާ ވިއްކާލަނީ. ޢެމް ޕީ އެލްގެ ހުރިިހާ އެސެޓެއް ވަނީ މޯގޭޖް ކޮށްފާ ފައިސާ އެއް ނެތް. ޙަބުސް ވެފައި