ސިއްހަތަށް ނުހަނު ފައިދާ ކުރަނިވި ބާވަތެއް ކަމުގައިވާ އޯޓްސް އަކީ މިހާރު ދިވެހިންގެ ތެރޭގައިވެސް އާންމު އެއްޗަކަށް ވާއިރު މި ރެސިޕީއަކީ ތަފާތު ގޮތަކަށް އޯޓްސް އިން ކާއެއްޗެއް ތައްޔާރު ކޮށްލަން ބޭނުންވާ ނަމަ އެންމެ ރަނގަޅު ރެސިޕީއައް ވާނެއެވެ.

ރޯދަ މަހެއް ކަމަކު ތެލުލި އެއްޗިއްސާ ދުރުވެ މިކަލަހަ ސިއްހަތައް ފައިދާ ވާ އެއްޗެއް ކެއުމުން ތިމާގެ ހަށިގަނޑަށް ވެސް ފަސޭހަ ކަން އިހުސާސު ވާނެ އެވެ.

ބޭނުންވާ ތަކެތި

  • 1 ޖޯޑު އޯޓްސް
  • 1 ޖޯޑު ފެނުކައްކާފައިވާ އަލުވި
  • 1 މަސްދަޅު
  • 1/2 ލުނބޯގެ ހުތް
  • 1 ފިޔާ (ކޮށާފައި)
  • 10 ހިކަނދިފަތް (ތުނިކޮށް ކޮށާަފައި)
  • 1/2 ގިތެޔޮމިރުސް
  • 1/4 ސައިސަމްސާ ރީނދޫ
  • 1 ސަމްސަލުގެ ޗިސްކޮށްފައިވާ އިނގުރު
  • ރަހަލާވަރަށް ލޮނު
  • 1 ސައިސަމްސާ ތެޔޮ

ތައްޔާރު ކުރާނެ ގޮތްނަށް

އޯޓްސް ފެނަަށް އެޅުމަށްފަހު އެއްކައިރީގައި ބަހައްޓާލާށެވެ. އެއަށްފަހު ތައްޓަކަށް މިރުސް، ފިޔާ، ހިކަނދިފަތް އިނގުރު، ލުނބޯ ހުތް އަދި ލޮނު އެޅުމަށްފަހު މޮޑެލާށެވެ. އޭގެ ތެރެއަށް މަސްދަޅު، އަލުވި ރީނދޫ އަދި އޯޓްސް ކޮޅު ފެނުން ނެގުމަށްފަހު އަޅާ ރަނގަޅަށް މޮޑެލާށެވެ.

އުނދުން މައްޗަށް އަރުވާ ހޫނު ކުރުމަށްފަހު މޮޑުނު މަސްގަނޑު ތަވަޔަށް އަޅާ ރީއްޗަށް ފަތުރާލާށެވެ. އެއަށްފަހު ގިނި މަޑުކުރުމަށްފަހު ތަވާގައި މައްޗެއް ޖަހާ އެއްފަޅި ފިހެވުމުން ބޯކިބާ އަނެއް ފަރާތައް ޖަހާ ރީއްޗަށް މުށި ކުލަ އަރަންދެން ދެފުށް ފިހެލާށެވެ.