ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ މަގްބޫލު ބަތަލާ އައިޝަތު ރިޝްމީގެ "ޔާރާ" ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.

ހުރިހާ އިހުސާސްތަކެއް އެކުލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މި ވެބް ސީރީޒް މިމަހުގެ 24 ވަނަ ދުވަހު ބައިސްކޯފަށް ދޫކޮށްލަން ނިންމާފައި ވާއިރު މި ވެބް ސީރީޒް ގެ އެޕިސޯޑެއް ގެނެސްދޭނީ ހަފްތާއަކު އެއް އެޕިސޯޑު ގޮތަށް ބަހާލައިގެންނެވެ. ރާއްޖޭގެ ރީތި މާހައުލުގައި ޒަމާނީ ގޮތްތައް ދައްކުވައިދިން މި ޓްރެއިލާ އިން ވެސް މި ސީރީޒްގެ ފަހަތުގައިވާ ބޮޑު ކާސްޓް ފެނިގެން ދިޔައެވެ.

ބައިސްކޯފުން ގެނެސްދިން މަގްބޫލު ސީރީޒް "އެހެނަސް" ގެނެސްދިން ޓީމް މިފަހަރުގެ "ޔާރާ" ގެނެސްދޭއިރު މި ސީރީޒުން ފެނިގެން ދާނީ ރިޝްމީ، ރިޝްމީގެ ކުރީގެ ފިރިމީހާ އެކްޓަރު އަހުމަދު އަޒުމީލު (އަޒޭ)، މަރިޔަމް އައްޒަ (އައްޒަ)، އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއިލް ޖުމައިހް (ޖުމާ)، އަބްދުﷲ މުއާޒް (މުއާ)، އައިޝަތު ރަޝީދާ، އާމިނަތު ރިޝްފާ، ލަމްހާ ލަތީފް، އަހުމަދު އާސިމް، ފާތިމަތު ޝަރާ، ޝާރިފު އަހްމަދު، ނުޒުހަތު ޝުއައުބު އަދި ނަތާޝާ ޖަލީލް އެވެ. ހުރިހާ ރަހައެއް އެކުލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މި ސީރީޒަކީ، ޔާރާ އާއިލާ ސީރީޒުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ސީރީޒެއްވެސް މެއެވެ. އަދި މި ސީރީޒަކީ ބެލުންތެރިންނަށް ކަމުދާނެ ގޮތަށް ތައްޔާރުކޮށް ގެނެސްދޭ ސީރީޒެކެވެ. ޔާރާގެ ޓްރެއިލާ އާއެކު މި ސީރީޒް ބަލަން ކެތްމަދުވެފައި ތިބި މީހުން ގިނަކަން ސޯޝަލް މީޑިއާ އިން ހާމަވެގެންދެއެވެ. ބައިސްކޯފަން ޔާރާ އަންނަން ދެން އޮތީ ތިން ދުވަހެވެ.

ބަތަލާ ރިޝްމީ އެންމެފަހު ޑައިރެކްޓްކުރި ފީޗާ ފިލްމަކީ 2017 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ބޮސް" އެވެ.