ތާބިތް ހައްޖު އެންޑް އުމްރާގެ ފަރާތުން ރަމަޟާން މަހު އުމްރާގެ އަޅުކަމަށް ދިޔަ ދިވެހި އަންހެނަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

މައްކާ ގަޑިން ރޭ ދަންވަރުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔައީ ، ހއ.ހޯރަފުށީ / ނޫވިލާގޭ ފާތިމަތު ވަހީދާއެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ތާބިތް ހައްޖު އެންޑް އުމްރާގެ ފަރާތުން ބުނީ، އާއިލާގެ އެހެން މީހުންނާއެކު ވަހީދާ ވެސް ދިޔައީ ދަމުނަމާދަށެވެ.

ނަމަވެސް ބޯ އަނބުރާ ވާހަކަ ބުނުމަށް ފަހު ދަބަހާއި މޯބައިލް އަދި ކާޑު ބޭއްވުމަށް ފަހު ހިނގައިގަތީ އަނބުރާ ހޮޓަލަށް ދިއުމަށެވެ. ނަމަވެސް އާއިލާގެ އިތުރު މީހަކު ވަހީދާ ކައިރިއަށް ދިއުމުގެ ކުރިން އެ ސަރަހައްދުގެ ބައިބޯވެ ވީނުވީ އެއް ނޭނގި ގެއްލުނީ ކަމަށް ތާބިތް ހައްޖު އެންޑް އުމްރާގެ ފަރާތުން މައުލޫމާތު ދިނެވެ.

ވަހީދާ ހޯދުމުގެ މަސައްކަތް އެމްބަސީ އަދި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ކޮށްފައިވާއިރު ދާދި ދެންމެ އަކު ވަހީދާ ފެނިފައިވާ ކަމަށް އެ ގްރޫޕްގެ ފަރާތުން މައުލޫމާތު ދިނެވެ. ވަހީދާގެ ހާލު ރަނގަޅު ކަމަށާއި ފެނުނީ އެހެން ގްރޫޕެއްގެ ހޮޓަލުން ކަމަށް ވެއެވެ.

އުމްރާގެ އަޅުކަމަށް ގޮސް އުޅޭ ދިވެހިން ގެއްލުމުގެ ހާދިސާތައް ވަނީ މީގެ ކުރިންވެސް ހިނގާފައެވެ.