ބީއެމްއެލުން ދޫކުރާ މާސްޓާކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އާ ޕްރޮމޯޝަނެއް އެ ބޭންކުން ހުޅުވާލައިފިއެވެ.

މީޑިއާ އަށް ފޮނުވި މައުލޫމާތުގައި ބީއެމްއެލުން ބުނީ، އެ ޕްރޮމޯޝަންގެ ދަށުން:

  • 10 ޖޫންގައި ތުރުކީގެ އިސްތަންބޫލްގައި އޮންނަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ބެޗު ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް
  • ހުރިހާ ހަރަދަކާ އެކު ދެ މީހަކަށް ދެވޭނެ ކަމަށް

މި ޕްރޮމޯޝަންގައި މާސްޓާކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުން ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ ކަމަށާއި މި ޕްރޮމޯޝަންގެ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 9 އަށް ކުރިއަށް ދާނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލުން އަންނަނީ ރާއްޖޭގައި މާސްޓާކާޑުގެ ޑެބިޓް، ކްރެޑިޓް، އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.

މާސްޓާކާޑަކީ ޔޫއެފާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރު ކަން ވެސް ފާހަގަކޮށްލެވެއެވެ.