ޔޫކްރައިން ހަމަގުރާމައިގައި އެގައުމަށް އެހީވުމަށް އެމެރިކާ އާއި ނޭޓޯއިން ހިނގާ ސިއްރު އޮޕަރޭޝަނާ ގުޅޭ ލިޔެކިޔުންތަކެއް ލީކް ކޮށްލައިިފިއެވެ.

ނިއުޔޯކްޓައިމްސް އާއި އެހެން ބައެއް މީޑިއާ އައުޓްލެޓްތަކުން ބުނީ، ލީކްވި ލިޔެކިޔުންތަކަކީ މާޗް 1 ގެ ތާރީހު ޖަހާފައި ހުރި ލިޔެކިޔުންތަކެއް ކަމަށާއި އޭގެ ބައެއް ލިޔެކިޔުންތަކުގައި ޔޫކްރައިންނަށް ހަތިޔާރު ފޯރުކޮށް ދިނުމާއި ހަނގުރާމައިގައި ކުރިއަރައިގެން ދާން ވީ ގޮތުގެ ޗާޓްތައް ފަދަ ހައްސާސް މައުލޫމާތުވެސް ހިމެނޭ ކަމަށެވެ.

އެތަނުން އެއް ލިޔުމަކުން އެނގޭ ގޮތުން، ރަޝިއާ ތަޅާލަން [ބަލިކުރަން] ދޭން ޖެހޭ ކުއްލި ހަމަލާއަކަށް ބޭނުންވާ ޔޫކްރައިންގެ ކޮމްބެޓް ބްރިގޭޑުން ތަމްރީން ކުރަން ޖެހޭ އިރު މިހާރު 9 ބްރިގޭޑަކަށް ވަނީ އެމެރިކާ އާއި ނޭޓޯއިން ތަމްރީން ދީފައެވެ. އަދި އެއްގަމު މަގުން އަރައިގަތުމަށް 250 ޓޭންކާއި ހަތިޔާރު އެޅި 350 އުޅަނދު ބޭނުންވެއެވެ.

މީޣެ އިތުރުން ޔޫކްރައިންގެ ބަލުމުގެ ދަށުގައި ހަތިޔާރު ހުންނަ އިތު ހިނގާނެ ހަރަދާއި ރަޝިއާގެ ހަތިޔާރުތަކާ ދެކޮޅަށް ބޭނުން ކުރާ އެމެރިކާގެ ކާމިޔާބު ރޮކެޓް ސިސްޓަމް ހިމާސް ފޯރުކޮށްދޭ ވާހަކަވެސް އެބައޮތެވެ.

މި ޑޮކިއުމެންޓްތައް ލީކް ކުރި ގިނަ ޗެނަލްތަކުގެ ތެރޭގައި ރަޝިއާ ކޮޅަށް ލެނބިފައި ވާ ޗެނަލްތައް ހިމެނޭ ކަމަށާއި، ބައެއް ލިޔެކިޔުންތައް ހުރި ގޮތުން ބައެއް ބަދަލު ގެނެސްފައި ހުރިކަމަށް ބެލެވޭ ކަމަށް އަސްކަރީ ތަޖުރިބާކާރުންނާ ހަވާލާދީ ނިއުޔޯކްޓައިމްސްގައި ރިޕޯޓްކޮށްފައި ވެއެވެ.

މި ޑޮކިއުމަންޓްތައް ލީކް ވި ވަގުތަކީ، ހަނގުރާމަ ފެށިފަހުން އެންމެ ވަރުގަދަ އަށް އަދި އެންމެ ގިނަ ދުވަހަށް އެއް ސިޓީއެއްގައި ދޭ ހަމަލާތަކުގައި ރަޝިއާ ކުރި ހޯދި ވަގުތެކެވެ. ޔޫކްރައިންގެ އިތުމަތިން ބަކްމޫތް ސަރަހައްދުން ރަޝިއާ ސިފައިން ކުރިއަރާފައި ވާއިރު އެ ޝަހަރު ހިފިދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.