މި އަހަރުގެ ރަމަޟާން މަހުގެ މާތް ވެގެންވާ ފަހު ދިހައިގެ ރޭތަކުގައި މާލެ ސަރަހައްދުގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ޖުމްލަ 32 މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލޭގެ 18 މިސްކިތެއްގަ އާއި ވިލިމާލޭގެ 3 މިސްކިތެއްގެ އިތުރުން ހުޅުމާލޭގެ 11 މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މާލޭގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި:
- އިސްލާމީ މަރުކަޒު
- މަސްޖިދުލް މަލިކު ސަލްމާން
- މަސްޖިދުއްސުލްތާނު މުހައްމަދު ބިން އަބްދިﷲ
- މަސްޖިދުއްސުލްތާނު މުހައްމަދު ޝަމްސުއްދީން
- މަސްޖިދުއްސުލްތާނު މުހައްމަދު ފަރީދުލްއައްވަލު
- މަސްޖިދުއްސުލްތާނު ހަސަން އިއްްޒުއްދީން
- މަސްޖިދުއް ސަލާހުއްދީންމަސްޖިދުލް ފުރްގާން
- މަސްޖިދުލް ޖަލާލުއްދީން
- މަސްޖިދުއް ނޫރު
- މަސްޖިދުލް އިބްރާހިމް
- މަސްޖިދުއް ޝަހީދު އަލީ
- މަސްޖިދުލް އިސްކަންދަރުފަނޑިޔާރު މިސްކިތް
- މަސްޖިދުއް ސުލްތާން މުހައްމަދު އިމާދުއްދީން
- މަސްޖިދުއް ސުލްތާނު މުހައްމަދު ޖަމީލު ދީދީ
- މާފަންނު އާ މިސްކިތް
- މަސްޖިދުލް އަލީ ހުސެއިން
އަދި އިއުތިކާފަށް ތިބުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މާލޭގެ 7 މިސްކިތަކާއި ވިލިމާލޭގެ މިސްކިތެއްގެ އިތުރުން ހުޅުމާލޭގެ 6 މިސްކިތެއްގައެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު ދިހަައިގެ ރޭތަކުގައި މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް އަންނަނީ ދަމު ނަމާދާ ކުރުމުގެ އިތުރުން އިއުތިކާފުގައި ތިބެމުންނެވެ. އެގޮތުން މިދިޔަ އަހަރު މާލޭގެ 17 މިސްކިތަކާއި ވިލިމާލޭ ތިން މިސްކިތެއްގެ އިތުރުން ހުޅުމާލޭ އަށް މިސްކިތެއްގައި ދަމުނަމާދު ކޮށްފައި ވެއެވެ.