ރިހާކުރަކީ ދިވެހިންގެ އަމިއްލަ އުފެއްދުމަކަށް ވާއިރު އެއިން ގިނަ މީރު ކާނާ ވެސް ތައްޔާރު ކުރެވެއެވެ. ގިނަ ދިވެހިންނަށް ކަމުދާ ރިހާކުރު ފޮޅި އަކީ ރޯދަ މަހުގެ ސުފުރާ މަތި ފަޅު ފިލުވަދޭން ރަނގަޅު ވާނެ ބާވަތެއްކަން ޔަގީނެވެ.

މި ރެސިޕީގައި މުރަނގަފަތް ބޭނުން ކޮށްފައިވީ ނަމަވެސް މުރަނގަފަތް ނާޅާ ވެސް ރިހާކުރު ފޮޅި ތައްޔާރު ކުރެވިދާނެއެވެ. މިއީ ތައްޔާރު ކޮށްލަން ފަސޭހަ އަދި އަނގައަށްވެސް މީރު ދިވެހިވަންތަ ހެދިކާގެ ބާވަތެކެވެ. ރިހާކުރު ފޮޅި ކަޅު ސަޔާ އެއްކޮށް އިންސާފު ކޮށްލުމުން އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެއެވެ.

ބޭނުންވާ ތަކެތި

  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • މިރުސް
  • 1 ލުނބޯ
  • 5-6 ހިކަނދި ފަތް
  • 1 ސައިސަމްސާ އިނގުރު
  • 1/2 ޖޯޑު ކާށި ހުނި
  • 1/2 ޖޯޑު ހަނޑޫ ފުށް
  • 2 ބިސް
  • 1/2 ޖޯޑު ފުށް
  • 1/2 ޖޯޑު ރިހާކުރު
  • 1/2 ޖޯޑު މުރަނގަ ފަތް
  • ލޮނު (ރަހަލާ ވަރަށް)
  • ފެން

ތައްޔާރު ކުރާނެ ގޮތް

ފިޔާ، ލުނބޯ ހުތް، މިރުސް، ހިކަނދި ފަތް، އިނގުރު، އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ކާށި ހުނި، ހަނޑޫ ފުށް، ބިސް، ފުށް، އަދި ރިހާކުރު އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު މުރަނގަފަތް އެޅުމަށް ފަހު ރަނގަޅަށް މޮޑެލާށެވެ. އަދި ލޮނު މަޑު ނަމަ ލޮނު ރަހަ ހެޔޮވަރު ކޮށްލުމަށް ލޮނު ކޮޅެއް އަޅާލުމަށްފަހު އެއް ކޮށްލާށެވެ. އަދި ކުޑަ ފެނެފޮދެއް އެޅުމަށްފަހު އެއް ކޮށްލާށެވެ. ފުށް ގަނޑު އޮލަކޮށް ބެހެއްޓުމަށް ސަމާލުކަން ދޭންވާނެއެވެ.

ރިހާކުރު ފޮޅި ތައްޔާރު ކުރަނީ

ދެން ތަވާ ހޫނު ކުރުމަށް ކުރިން ތައްޔާރު ކުރި ރިހާކުރު ފޮޅި ބެޓާ އިން އުނދުޅިއެއްހާ ބެޓާ ތަވާ މައްޗަށް އެޅުމަށް ފަހު ކުޑް ކޮށް ވަށް ބައްޓަމަށް ފަތުރާލާށެވެ. އެއް ފަޅި ރޯ ފިލުމުން ފުށުން ޖެހުމަށްފަހު މުށި ކުލަ އަރަންދެން ދެފަޅި ރަނގަޅަށް ފިިހެލަން ވާނެއެވެ. ތައްޔާރު ކުރި ބެޓާ ހުސްވަންދެން މިގޮތަށް އަމަލު ކުރަމުންދާށެވެ.