ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް ހިފެއްހެއްޓުމަށް ކަމަށް ބުނެ އޯޕެކާއި ސައުދީން، އެފަރާތްތަކުން އުފައްދާ ތެލުގެ މިންވަރުން 1.16 މިލިއަން ފީމާ މަދުކުރަން ނިންމުމުން ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް އުފުލިއްޖެއެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގެ ކޮންޓްރޯލް އޮންނަ، މެދުއިރުމަތިން އިއުލާން ކުރި މި ކުއްލި ބަދަލާއެކު މިހާރު ސާފުނުކުރާ ތެޔޮފީފާއަކުން 4.30 ޑޮލަރު އުފުލި ފީފާއެއްގެ އަގު ވަނީ 84.19 ޑޮލަރަށް އަރާފައެވެ. މިއާއެކު އެމެރިކާގެ ބާޒާރުގައިވެސް ތެލުގެ އަގު އުފުލި ފީފާއަކުން 4.17 ޑޮލަރު ޖެހިލާފައި ވާއިރު މިހާރު ފީފާއެއް ލިބެނީ 79.84 ޑޮލަރަށެވެ.

އޯޕެކާއި ސައުދީން މި ބަދަލު ގެނައީ، އެފަރާތްތަކާއެކު ދެން އެންމެ ގިނައިން ތެޔޮ އުފައްދާ ރަޝިއާ ހިމެނޭހެން އޮންނަ އޯޕެކް ޕްލަސް ގައުމުގެ ތަކުގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ކުރިންނެވެ. މި ބައްދަލުވުމުގައިވެސް މަޝްވަރާ ކުރާނެ އެއްކަމަކީ ތެލުގެ ބާޒާރުގައި އަގުތައް ހިފަހައްޓާ، މިން ހަމަކުރުމަށް ތެޔޮ އުފައްދާ މިންވަރު ކޮންޓްރޯލް ކުރުމާ ގުޅޭގޮތުންނެވެ. އަދި އެ މަޝްވަރާތަކުގެ އަލީގައި އަންނަ މެއި މަހުގެ 1 އިން ފެށިގެން އެ ބަދަލު ގެންނާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ މި ދަނޑިވަޅުގައި 1.16 މިލިއަން ފީފާ މަދު ކުރަން އޯޕެކް ޕްލަސް ގައުމުތަކުން ނިންމާނެ ކަމުގެ ހަބަރުތަކާ އެކު ތެލުގެ އަގު އުފުލިގެން ދިޔުމުން ކުރިއަށް އޮތް ތަނުގައި އެވްރެޖްކޮށް 10 ޑޮލަރަށް އުފުލޭނެ ކަމަށް އަންދާޒާ ކުރެއެވެ.