އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސްއެފްޑީއޭ) އިން ފާހަގަކޮށްފައިވާ ލޮލަށް އަޅާ ނުރައްކާތެރި ބޭސްތަކެއް ރާއްޖޭގައި ވެސް މަނާކޮށްފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
ލޮލަށް އަޅާ މަނާ ބޭސްތަކެއްގެ ގޮތުގައި ހިމެނާފައިވަނީ:
- އެމެރިކާގެ ގްލޯބަލް ފާމާ ހެލްތު ކެއާއިން އުފައްދާ އާޓިފިކަލް ޓިއާސް
- އެމެރިކާގެ ފާމެޑިކާއިން އުފައްދާ 15 ޕަސެންޓް އެމްއެސްއެމް ޑްރޮޕްސް
- އެމެރިކާގެ އެޕޮޓެކްސް ކޯޕަރޭޝަންއިން އުފައްދާ 0.15 ޕަސެންޓްގެ ބްރިމޮނިޑައިން ޓާޓްރޭޓް
- އެމެރިކާގެ ގްލޯބަލް ފާމާ ހެލްތު ކެއާއިން އުފައްދާ އާޓިފިކަލް ޓިއާސް
އެމްއެފްޑީއޭއިން ވަނީ އެ ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ އެޕްރޫވްޑް ޑްރަގް ލިސްޓް ގައި ހިމެނޭ ބޭސްތަކެއް ނޫން ނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެ ނޫންވެސް ގޮތަކުން ރާއްޖެއަށް މި ބޭސް އިމްޕޯޓް ކޮށްފައި ހުރެދާނެތީ ސަމާލުކަމަށް ގެނެސްފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯޓްތަކުގައި ބަލައި ފާސް ކުރަމުން ގެންދާނެކަމަށް ވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައވެެ.