ތަރާވީސް ނަމާދު ނިންމާލުމަށް ފަހު އެއްޗެއް ކާލުމަކީ ދިވެހިންގެ އާދައެކެވެ. މިގަޑީގައި ހަށިގަނޑަށް ފައިދާ ހުރި ރަނގަޅު އެއްޗެއް ކާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރޯދަމަހު މާ ގިނައިން ކެއުމަކީ މީހާ ކަންނެއްވެ އަޅުކަމަށް އެޅޭ ހުރަހަކަށް ވެގެން ދެއެވެ. މިއަދު 'ދަޕްރެސް ބަދިގެ' އިން މި ގެނެސްދެނީ ކުޑައެތިކޮޅެއް ކާލުމުންވެސް ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބޭ ފައިދާ ހުރި އެއްޗެއް ތައްޔާރު ކޮށްލާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
- 3 މޭޒުމަތީ ސަމްސާ އަން ސްވީޓެންޑް ކޮކޯޕައުޑަރު
- 2 ޖޯޑު އައިސްން ޝުގާ
- ½ ޖޯޑު ބަޓަރު
- 3 ޖޯޑު އޯޓްސް (ފަސޭހައިން ކައްކާލެވޭ ވައްތަރެއްގެ)
- ½ ޕީނަޓް ބަޓަރު
- 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ތައްޔާރު ކުރާނެގޮތް:
ތަވާ އުނދުން މައްޗަށް އުދާފައި އޭގެ ތެރެއަށް ކޮކޯ ޕައުޑަރު، އައިސިން ޝުގާ، ކިރު އަދި ބަޓަރު އަޅާފައި ވަރަށް މަޑު ގިނީގައި 60 ސިކުންތު ވަންދެން ތަވާގައި ތަތްނުލާހެން ދޭފަތުން ހާކަމުން ކައްކާށެވެ. ކެކުމުން އުނދުން ނިއްވާލާފައި އޯޓްސް، ޕީނަޓް ބަޓަރު އަދި ވެނީލާ އެސެންސް އަޅާފައި އެއްކުރާށެވެ. ޓްރޭއެއްގައި ވެކްސް ޕޭޕަރު އެޅުމަށް ފަހު ސަމުސަލުން ނަގާފައި ކުކީސް ޓްރޭގައި އަތުރާފައި ފިނިވެ ހަރުވަންދެން ބަހައްޓާށެވެ.
ސިއްހީ ފައިދާތައް
މި ރެސިޕީ ތައްޔާރު ކުރުމަށް ބޭނުން ކޮށްފައިވާ ގިނަ ބާވަތްތަކަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ތަކެއްޗެވެ. މި ގޮތުން އޯޓްސް އަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ބޭނުންކުރާ އެއްޗެކެވެ. އޯޓްސްގައި ހިމެނޭ ބީޓާ ގްލޫކަންއަކީ ހަށިގަނޑަށް ގެއްލުންވާ ކޮލެސްޓްރޯލް ދަށްކުރުމަށް އެހީވެދޭ އެއްޗެކެވެ. އެހެންކަމުން ކެއުމުގައި އޯޓްސް ހިމެނުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އޯޓްސް ޖޯޑެއްގައި ގާތްގަނޑަކަށް 160 ކިލޯ ކެލަރީ ހިމެނޭއިރު މިއީ މައިގަނޑު ގޮތެއްގައި ހަށިގަނޑަށް ގޮވާމުގެ ބައި ބޭނުންވާ މިންވަރެވެ. މީގެ އިތުރުން މި ރެސިޕީގައި ހިމެނޭ ޕީނަޓު ބަޓަރަކީ ޕްރޮޓީން، ފައިބަރު، އެތައް ބާވަތެއްގެ މިނެރަލްސް އަދި ވިޓަމިންސް އެކުލެވޭ އެއްޗެކެވެ. ތަޖުރިބާކާރުން ބުނަނީ ޕީނަޓް ބަޓަރުގައި ހުންނަ ފެޓް އަކީ ހަށިގަނޑަށް ރަނގަޅު އަންސެޗުރޭޓެޑް ފެޓް ކަމަށެވެ.