ށ . ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެގެން ބޮޑުބައެއް އަނދައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ނޮދަން އޭރިއާ ގެ ސިފައިން މިހާރުދަނީ ހަރަކާތްތެރިވަމުން ދާ ކަމަށެވެ. އަދި އެއާޕޯޓުގެ ފަޔާ ފައިޓަރުން މިހާރުވެސް ގެންދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޕެޓްރޯލް ޝެޑާ އިންވެގެން ހުރި ގެއަކާއި ގަރާޖެއްގައިވެސް މިހާރު ވަނީ ރޯވެފައެވެ. ޕެޓްރޯލް ޝެޑުގެ އަލިފާންގަނޑު ފެތުރި ގޭގައި ރޯވި އިރު އެގޭގައި ތިބި މީހުން ވަނީ ސަލާމަތުން ގެއިން ނިކުމެފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން ޕެޓްރޯލް ޝެޑާއި ކައިރީގައި ހުރި އެހެން ގޭގެއިންވެސް މީހުން ހުސްކޮށްފައި ވާ ކަމަށާއި، އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރޭތީ ކޮންޓްރޯލް ކުރެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
