މި އަހަރު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން ކެންޑިޑޭޓަރު ނެރެން ކައުންސިލްގެ އިއްތިފާގުން ފާސްކުރުމާ ގުޅިގެން ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު އަހްމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ޖަމީލު މިފަދައިން ވިދާޅުވީ ޖޭޕީއިން މިއަދު ބޭއްވި އެ ޕާޓީގެ 151 ވަނަ ބައްދަލުވުމުގައި ޖޭޕީއިން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެ ޕާޓިން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
ޑރ. ޖަމީލު ވިދާޅުވީ ގިނަ ބަޔަކު މިރޭ ހޭނެތިގެން ވެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަނިޔާވެރިކަން އިސްކޮށް ޖުޑިޝަރީއަށް އަތްބާނައި ފާޅުކަންބޮޑުކޮށް އަދުލު އިންސާފަށް ނުފޫޒު ފޯރުވަމުން ދަނިކޮށް ރައީސް ސޯލިހުގެ ވެރިކަން ނިމޭނެކަން ކަށަވަރުވާ ކަމަށެވެ. އަދި މިނިވަންކަމުގެ ހައްގުގައި މިވެރިކަން ނިންމަންޖެހޭ ކަމަށް ޖަމީލު ވަނީ ވިދާޅުވެފައެވެ.
ޖޭޕީން ވަކިން ވާދަކުރަން ނިންމާފައިވާއިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އަދި ކައުންސިލްގެ އިއްތިފާގުން ފާސްކުރީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު އިންތިހާބު ކާމިޔާބުކުރުމަށެވެ.
ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ގިނަ ދައުވަތުތަކެއް މީގެ ކުރިން ލިބުނުއިރު ގާސިމް ވަނީ ސިޔާސީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ މަންދޫބުންނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝިދާއި، އެމަނިކުފާނުގެ މަންދޫބުންނާ ބައްދަލު ކުރައްވާފައެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާވެސް ބައްދަލު ކުރައްވާފައި ވެއެވެ.
ގާސިމް ތަމްސީލު ކުރައްވާ ޖުމްހޫރީ ޕާޓީ އަކީ މިހާރު އޮތް ކޯލީޝަން ސަރުކާރުގެ 33 ޕަސެންޓް ހިއްސާދާރަކަށް ވާއިރު، ރައީސް ސޯލިހުގެ ކެބިނެޓްގެ 3 ޕޯސްޓާއި، އެކި ވުރާޒާތަކުގެ ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ޖޭޕީ ސްލޮޓްތަކުގައި ގިނަ ބަޔަކު އެބަތިއްބެވިއެވެ.
ކޮންވެރިކަމެއްތޯ މީނައަށް ކަމުދިޔައީ މައުމޫނުގެ، އަންނިގެ، ޔާމީނުގެ، ސޯލިހުގެ ޥެރިކަމެއްވެސް ކަމަކުނުދިޔަ. ކޮންމެވެރިކަމެއްގައި ވެސް މީނާގާތްކޮށްގެން ގެގުޅެވޭތޯބެލި އެކަމަކު އެއްވެސް މީހަކަށް މީނާ ގެންގުޅެވޭ ވަރުނުވެގެން ބޭރުކޮށްލަނީ.