އިންޑިއާގެ ޕްރައިވެޓް އެއާލައިނެއް ކަމަށްވާ އިންޑިގޯގެ ފްލައިޓެއް އެމަޖެންސީފައި ޕާކިސްތާނަށް ޖައްސައިފިއެވެ.

ހަބަރުތައް ބުނާގޮތުން ދިއްލީން ދޯހާއަށް ދާން ފުރި މި ފްލައިޓް އެމަޖެންސީގައި ޖެއްސީ ބޯޓުތެރޭގައި މީހަކު މަރުވުމުންނެވެ.

މަރުވި މީހަކީ ނައިޖީއާ އަށް ނިސްބަތްވާ މީހެއް ކަމަށާއި، އޭނާގެ ވިންދު ހުއްޓި މަރުވުމުން ބޯޓުގެ ޕައިލެޓް ނިންމީ ކަރާޗީގައި ޖެއްސުމަށް ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ޑައިރެކްޓް ފަލައިޓް އަޅާ ދެގަމުއުމެއް ނޫނެވެ. ދެގައުމުގެ ދެމެދުގައި އޮންނަ ވާދަވެރިކަމާ ހުރެ ގިނަ ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އެއްވެސް ގުޅުމެއް ނޯންނަ އިރު އިންޑިއާގެ ފްލައިޓް ޕާކިސްތާނަށް ޖެއްސުމުން ބައެއް ފަރާތްތަކުން ފާޑުކިޔާފައި ވެއެވެ.

ދެގައުމުގެ ދެމެދުގައި އަބަދުވެސް އަރާރުންވާ ކަޝްމީރު މައްސަލައިގައި ބޮޑު 3 ހަނގުރާމައެއް ކޮށްފައި ވާ އިރު މިހާރުވެސް ދޭތެރެ ދޭތެރެއިން ކުރިމަތިލުންތައް ހިނގައެވެ. ދެގައުމުގެ ދެމެދުގައި މަޝްރަހު ހޫނުވެ ޕާކިސްތާންގެ ވައިގެ ސަރަހައްދު އިންޑިއާ އަށް ބަންދުކޮށްފައި އޮތުމަށް ފަހު، 2019 ގައި ސިވިލިއަން ފްލައިޓްތަކަށް (އާންމުން އުފުލާ ބޯޓުތަކަށް) ހުޅުވާލިއެވެ. ނަމަވެސް އޭގެ 6 މަސް ފަހުން އަނެއްކާ ވައިގެ ސަރަހައްދު ބަންދު ކުރިއެވެ.

163 ފަސެންޖަރުންނާ އެކު ދަތުރު ކުރި ފްލައިޓް، ކަރާޗީގެ ޖިނާހް ޓާމިނަލްގައި 4 ގަޑި އިރު މަޑުކުރުމަސް ފަހު ވަނީ ފުރާފައެވެ.

އެ ބޯޓުގައި ވިންދު ހުއްޓި މަރުވީ އުމުރުން 60 އަހަރުގެ މީހެއް ކަމަށް އިދާރާތަކުން ބުނެއެވެ.