މާލޭގެ ހެންވޭރުގައި ހުރި ގެއަކުން ވެއްޓި މަރުވި މީހާގެ ފޮޓޯތަކާއި އަދި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކަުގައި ދައުރު ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކޮށްފިއެވެ.

މަރުވި މީހާގެ ފޮޓޯތައް އަދި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް ފުލުހުން ބުނީ އެ މީހާ މަރުވުމާ ގުޅިގެން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސް ތަކަށް އިހުތިރާމު ކުރުމުގެ ގޮތުންނެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އައިޖީއެމްއަށް ގެންދިޔަ އިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. އެ އަންހެން މީހާ ވެއްޓިފައި ވަނީ ކަލާފާނު ހިނގުމުގައި ހުންނަ ކެފޭ ޓެލެންޓް ހިންގަމުން އަންނަ ހ. ލިލީ ނައިޓް އާގޭގެ 3 ވަނަ ފަންގެފިލާއިންނެވެ.

އެ މީހާ ވެއްޓި މަރުވެފައި ވާއިރު އިއްޔެ ރޭ ހ. ގެއެއްގެ ފަސްވަނަ ފަންގިފިލާގެ ބެލްކަނިން ވެއްޓި އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. އަދި އެ ހާދިސާ ހިނގާފައި ވަނީ އެރޭ 12:30 ހާއިރުއެވެ. އެކުއްޖާ މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އެރޭ 2:00 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.