ރީޖަނަލް އެއާޕޯޓްސްގެ ކުރީގެ ޑިރެކްޓަރު ޖެނަރަލް، ސާމީ އަގީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއިން އޭސީސީން ފޮނުވައިފިއެވެ.

އޭސީސީއިން ބުނީ ސާމީއަށް ދައުވާކޮށްދިނުމަށް އެދި ފޮނުވީ އެއްބަސްވުމާ ހިލާފަށް ޝަރުތުހަމަނުވާ ބަސްތަކެއް ބަލައިގަންނަން ނިންމާ އެ ބަސްތައް ބަލައިގަންނަން އަންގާފައިވާތީ ކަމަށެވެ.

ރީޖަނަލް އެއަޕޯޓްސްއަށް ބޭނުންވާ ބަސްތަކެއް ސަޕްލައިކުރުމަށް 2019 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގައި ބަސްތަކުގައި ހުންނަންވާނެ ކަމަށް ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމަވެފައިނުވާއިރު އެއްބަސްވުމަށް ރިއާޔަތްކުރުމެއްނެތި އެ ބަސްތައް ބަލައިގަންނަން ސާމީ އަގީލް އަންގާފައިވާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

އޭސީސީއިން އިތުރަށް ބުނީ އެ މައްސަލައިގައި އޭނާގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 513ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ނަންބަރު 2/2000 ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާކޮށްދިނުމަށް ހުށަހެޅި ކަމަށެވެ.