ހދ. ވައިކަރަދޫ ކައުންސިލްގެ ހުސްވެފައިވާ އަންހެން ކައުންސިލަރުގެ ގޮނޑި އެމްޑީޕީއިން ކާމިޔާބު ކޮށްފިއެވެ.

އެ މަގާމުގައި ކުރިން ހުރި ކައުންސިލަރު އިސްތިއުފާ ދެއްވުމާ ގުޅިގެން މިއަދު ބޭއްވި ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ދެން ވާދަކޮށްފައި ވަނީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއިންނެވެ.

އެ އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރި ފާތިމަތު ނަޒުލާއަށް 258 ވޯޓު ލިބުނު އިރު އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިޒުނާ އެ އިންތިހާބު ކާމިޔާބުކުރެއްވީ 283 ވޯޓާއެކުއެވެ.

މިއަދު އެ ރަށުގެ ހުސްވެފައިވާ އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ވެސް ބާއްވާފައިވާއިރު 376 ވޯޓާއެކު އެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އަދާލަތު ޕާޓީގެ ކެންޑިޑޭޓް ފާތިމަތު ޒުނައިނާއެވެ. އަދި ދެން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ރަމްޒިއްޔާ އިބްރާހީމްއަށް ލިބުނީ 163 ވޯޓެެވެ.