ޖަޕާންގެ އިހުތިސޯސް ހިނގާ ސަރަހައްދުގައި ނޭނގި މިހާތަނަށް އޮތް 7000 ރަށެއް ފެނިއްޖެއެވެ.

ހަބަރުތައް ބުނާގޮތުން މި ރަށްތައް ފެނުމަކުން ޖަޕާންގެ އިހުތިސޯސް ހިނގާ ސަރަހައްދު ބޮޑުވެގެނެއް ނުދެއެވެ. ނަމަވެސް 1987 އިން ފެށިގެން ބަލަމުން އަންނަ ޗާޓު، މުތޯލިއާ ކުރުމުގެ ތެރެއިން އިތުރު މީގެ ކުރިން ގުނަމުން އައީ 6،852 ރަށެއް އޮންނަ ކަމަށެވެ.

ސާވޭ ކުރުމުގެ މަސައްކަތުގައި އާ އެޑްވާންސް ޓެކްނޮލޮޖީ ބޭނުން ކުރަން ފެށުމުން އިތުރަށް ފެނުނު ރަށްތަކާއެކު މިހާރު ޖުމްލަ 14،125 އަށް ވަނި އަރާފައެވެ.

35 އަހަރު ވީ ޗާޓަށް އާ ރަށްތަކެއް އިތުރުވެގެން ދިޔަ އިރު އެ ރަށްތަކަކީ ގުދުތަރީ ގޮތުން އުފެދިފައި ހުރި ރަށްތަކެއް ކަމަށާއި އެވްރެޖް ސައިޒަކީ 100 މީޓަރު ކަމަށް ބުނެއެވެ.

ޖަޕާން ވަށައިގެން ވާ ސަރަހައްދު ތަކަކީ، މިލްކުވެރިކަމުގެ މައްސަލައިގައި ގިނަ ގައުމުތަކަކާ ދެމެދު އަރާރުން އުފެދިފައި އޮންނަ ސަރަހައްދެކެވެ. އޭގެ އެއް ތަނަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ރަޝިއާގެ ބަރުގެ ދަށުގައި އޮންނަ ދެކުނު ބޮތުގެ ކުރިން އައިލެންޑެވެ. ޖަޕާނުން ބުނާ ގޮތުގައި އެއީ ހަނގުރާމައިގެ ތެރޭގައި ރަޝިއާއިން ދަމައިގަތް ތަނެކެވެ. މައްސަލަ އުފެދިފައި އޮންނަ އަނެއް ސަރަހައްދަކީ ޗައިނާ ކަނޑުގައި ޖަޕާނުގެ އިރުން އޮންނަ ސެންކަކޫ އައިލަންޑްސް އެވެ. މިތަނުގެ މިލްކުވެރިކަމާ މެދު ހިފަނީ ޗައިނާއެވެ.

ހަމަ އެގޮތަށް ޖަޕާނާއި ދެކުނު ކޮރެއާ އާ ދެމެދު މިލްކުވެރިކަމުގެ މައްސަލައިގައި އަރާރުންވާތާ 70 އަހަރުވީ ސަރަހައްދެއްވެސް އޮވެއެވެ. އެތަނަށް ދެކުނު ކޮރެއާއިން ޑޮކްޑޯ ކިޔާ އިރު ޖަޕާން މީހުން އެތަނަށް ކިޔަނީ ތަކެޝިމާ އެވެ.

ޖަޕާނު ސަރަހައްދުން އަލަށް މި ފެނުނު ރަށްތަކުގައި ހުރި ގުދުރަތީ މުއްސަނދިކަމާއި ވަސީލަތްތަކުގެ ތަފްސީލެއް އަދި ހާމަވެފައި ނުވާ އިރު، އެތަންތަން ބަލައި ދިރާސާކުރުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން ވަރަށް އަވަހަށް ފަށާނެ ކަމަށް ހަބަރުތައް ބުނެއެވެ.