ރައިސީނާ ޑައިލޮގުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންފިއެވެ.

ރައިސީނާ ޑައިލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ.

މިއަހަރު ބާއްވާ އެ ކޮންފަރެންސްގައި "ހާޓް އޮފް ދަ މެޓާ: ލައިފް (ލައިފްސްޓައިލް ފޯ އެންވަޔަރަމަންޓް) ފޯ އަވާ ކޮމަން ފިއުޗާ" ޕެނަލް ޑިސްކަޝަންގައި ޝާހިދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ކޮންފަރެންސް އޮންނާނީ މި މަހުގެ 2 އިން 4 އަށް ނިއު ދިއްލީގައެވެ.

މި ކޮންފަރެންސްގެ އިތުރުން މިދަތުރުގައި އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ، ޝާހިދު ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.