ރޭގެ ވަގުތެއްގައި މާފަންގުގައި ހުރި ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާ ދީ ޒަހަމްކޮށްލި މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
މި ހާދިސާގައި އަނިޔާވެފައިވާ މިހާއަކީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. ވެންޓިލޭޓަރުގައި އެމީހާއަށް ފަރުވާ ދެމުންދިޔަ ނަމަވެސް އެމީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އެ ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.
ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާދިން މައްސަލައިގެ ބައެއް ވީޑީއޯ ފުތޭޖްތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު އެމީހާ ކަރަށް ވަޅިން ހަމަލާދީފައިވާ ކަން އެ ވީޑީއޮތަކުން ފެނެއެވެ. މީގެ އިތުރުން ވެސް އޭނާގެ ގައިގެ އެކިތަންތަނުގައި ލޭ ހޭކިފައިވާ އިރު ގިނަ ޒަހަމްތަކެއް ހުރި ކަން ފާހަގަ ކުރެވެއެވެ.
އެއް ވީޑިއޯއިން ފެންނަ މަންޒަރުގައި އެމީހާގެ ކަރުން ފައިބަމުންދާ ލޭތައް ހުއްޓުވުމަށް ފޮތިގަނޑެއް ކަރުގައި ޖައްސައިގެން ބަޔަކު ތިބޭ ތަން ފެނެއެވެ. އޭރު އޭނާގެ ޖީންސްގެ އުނގަނޑުގައި ވަޅިއެއް އޮންނަ ތަން ފެނެއެވެ.
ޒަހަމްވެފައި ވަނީ މާފަންނު ބީޖީ ކައިރީގައި ހުރި ފިހާރައަކަށް ވަން ކަސްޓަމަރެއް ކަމަށް މައުލޫމާތު ލިބިފައިވާ އިރު، އޭނާއަށް ހަމަލާ ދީފައި ވަނީ ސައިކަލެއްގައި ދިޔަ ބަޔަކު އެ ފިހާރައަށް ވަދެއެވެ.
މި މައްސަލަ ފުލުހުން ބަލައި ތަހުގީގު ކުރަމުން ދާ ކަމަށް ބުނި ނަމަވެސް އަދި މިހާތަނަށް މި މައްސަލއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ފުލުހުން ވެސް ޒަހަމްވި މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ނުދެއެވެ. ފުލުހުން ބުނީ، މި މައްސަލަ ތަހުހީގު ކުރަމުން ދާ ކަމަށެވެ.