މާލޭގެ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ، މާފަންނު ފިހާރައަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާތީ ސީންގައި ފުލުހުން ހަރަކާތެރިވަމުންދާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަހަމްވެފައިވަނީ މާފަންނު ބީޖީ ކައިރީގައި ހުރި ފިހާރައަށް ވަން ކަސްޓަމަރެކެވެ. އަދި އެ މީހާއަށް ހަމަލާ ދީފައި ވަނީ ސައިކަލެއްގައި އައި ދެ މީހެކެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި އެމީހާގެ ގައިގެ އެކިތަންތަނަސް ވަނީ ވަޅި ހަރާފައެވެ. އަދި އެމީހާގެ އުނަގަނޑުގައި ވެސް ވަޅިއެއް އޮތް ތަން ފެނެއެވެ.
އެ ސަރަހައްދުގައި ބައިވަރު ލޭ ހުރި މަންޒަރު އާންމުވެފައިވާ ފޮޓޯތަކުން ފެނެއެވެ.